ރެސިޕީ ނާރެސް ރޯދަސުފުރާ – ގްރީންޕީސް ރޯލްސް

ނާރެސް ރޯދަސުފުރާ – ގްރީންޕީސް ރޯލްސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނާރެސް ރޯދަ ސުފުރާ މިއަދު މި ޚާއްޞަ ކޮށްލަނީ ގްރީން ޕީސް ރޯލްސް އަށެވެ. މިއީ ތައްޔާރު ކޮށްލަން ފަސޭހަ އަނަގަޔަށް މީރު ހެދިކާއެކެވެ. ރޯދަމަހުގެ ރޯދަވީއްލާ ގަޑިއަށްވެސް އަދި ތަރާވީސް ދަމަށްވެސް ވަރަށް ކަމުދާނެއެވެ.

ބޭނުންވާތަކެތި:

2 ޖޯޑް ގްރީން ޕީސް

2 ފިޔާ (ހިމުންކޮށް ކޮށާފައި)

1 ގިތެޔޮމިރުސް (ނޫނީ ކުޅި ރަހަލާވަރަށް)

2 ހިކިމިރުސް (ކޮށާފައި)

2 ހިކަނދިފަތް

1 ސައިސަމްސާ އިނގުރު ގާނާފައި

1 ސަމްސާ ލޮނުމެދު ގާނާފައި

ލޮނުކޮޅެއް

½1 ޖޯޑު ދަޅު މަސް

ގޮދަން ފުށް

ތައްޔާރު ކުރާނެގޮތް:

ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު ތެޔޮފޮދެއް އަޅާލާފައި ތެޔޮފޮދު ހޫނުވީމާ ފިޔާކޮޅާއި އިނގުރު، ލޮނުމެދު މިރުސްކޮޅު އަދި ހިކަނދިފަތް އެއްކޮށް އަޅާލުމަށްފަހު ފިޔާ ކޮޅު ރަތްކޮށްލައި މީރުކޮށްލާށެވެ.  އަދި ގޮދަން ފުށްފިޔައި ބާކީ ހުރި ތަކެތިވެސް އޭގެތެރެއަށް އަޅާ އެއްކޮށްލާފައި ރޯފިލަންދެން މަޑުގިނީގައި ކައްކާށެވެ.

ދެން ފުށްގަނޑު މޮޑޭށެވެ. ފުށްގަނޑު މޮޑޭނީ އާދައިގެ ރޮށިފިހާގޮތަށް މޮޑޭފުށްގަނޑު ފަދައިންނެވެ. ކުޑަލޮނުކޮޅެއް ލާންވާނެއެވެ.

ދެން ރޮށިދަމާގޮތަށް ވަށްކޮށް ކުދިކޮށް ދަމާލުމަށްފަހު ރޮށީގެ މައްޗަށް ތައްޔާރުކޮށްފައިހުރި ގްރީންޕީސް އަޅާލުމަށްފަހުރޯލް އެއްގޮތަށް އޮޅާލާފައި ކައިރި ތަތްކޮށްލާށެވެ. ދެން ތަވަޔަށް ތެޔޮއަޅާފައި ރަތްކުލަ އަރަންދެން ތެލުލާށެވެ. އޭރުން އެހެރީ ތައްޔާރުކޮށް ނިމިފައެވެ.

ޓެގް

ގްރީންޕީސް ރޯލްސް ރޯދަސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.