ރެސިޕީ ނާރެސް ރޯދަސުފުރާ – ޕާން ބޯކިބާ

ނާރެސް ރޯދަސުފުރާ – ޕާން ބޯކިބާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނާރެސް ރޯދަސުފުރާގައި މިއަދު މިގެނެސްދެނީ ޕާން ބޯކިބާ ތައްޔާރުކުރާނެގޮތެވެ. މިއީ ތައްޔާރުކޮށްލަން ވަރަށްފަސޭހަ އަނަގަޔަށް މީރު ބާވަތެކެވެ. ރޯދަ ވީއްލާގަޑިއަށާއި، ތަރާވީހު ގަޑިއަށް ވަރަށް ކަމުދާނެއެވެ.

ބޭނުންވާތަކެތު:

8 ފޮތި ޕާން (ކުދިކޮން ކޮށާފާއި)

3  ތަށި ފެން

4  ބިސް

1  ދަޅު ގެރިކިރު

½  ޖޯޑު ހަކުރު

1 ސައި ސަމުސާ ވެނީލާ އެސެންސް

1 މޭޒުމަތީ ސަމުސާ ބަޓަރ

ތައްޔާރުކުރާނެގޮތް:

ފުރަތަމަ ބޮޑު ތައްޓެއްގެ ތެރެއަށް ޕާން އަދި ފެން އެޅުމައްފަހު ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު ބިހާއި، ހަކުރާއި، ކިރު، އަދި އެސެންސް އަޅާ ރަނގަޅަށް ގިރާލާށެވެ. ދެން އެއަށްފަހު، ބަޓަރ ހާކައިފައި ހުރި ތަބަކަށް އަޅައިފައި، އޭގެ މައްޗަށް ކަނަމަދު ނުވަތަ ކެޝޫނަޓް ކަހަލަ އެއްޗެއް އަޅާލާށެވެ. އޭރުން ރަހައަށް އިތުރު ފުރިހަމަކަމެއް އަންނާނެއެވެ. ކަރަންޓު އަވަން 250 ޑިގްރީއަށް ލައިފައި، 10 މިނެއްޓު ވަންދެން ހޫނުކޮށްފައި، އޭގެ ތެރެއަށް ތަބަށް ލާ ފިހެލާށެވެ.

ޓެގް

ޕާންބޯކިބާ ރޯދަސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.