ރެސިޕީ ނާރެސް ރޯދަސުފުރާ – ކުއްޅަވައްފަނި

ނާރެސް ރޯދަސުފުރާ – ކުއްޅަވައްފަނި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނާރެސް ރޯދަސުފުރާގައި މިއަދު މިގެނެސްދެނީ ކުއްޅަވައްފަނި ތައްޔާރުކޮށްލާނެގޮތެވެ. ކުއްޅަވައް ފަންޏަކީ ރޯދަމަހަށް ވަރަށް ޚާއްޞަފަންޏެކެވެ. މުޅިދުވަހު ރޯދައަށް ހުރެފައި ރޯދަވީއްލާ ގަޑީގައި ކުށްޅަވައް ފަނި ތައްޓެއް ބޯލުމަކީ ކަރުހިއްކުން ފިލައި މުޅި ހަށިގަނޑު ފިނިކޮށްލައިދީ ގޭސްސްޓްރިކުން މީހާ ސަލާމަތްކޮށްދޭނެ ކަމެކެވެ.

އެހެންކަމުން ކޮންމެދުވަހެއްގައިވެސް ރޯދަވީއްލާ ގަޑީގައި ކުއްޅަވައް ފަނި ތައްޓެއްގެ އަޖުމަ ބައްލަވާލައްވާށެވެ.

ބޭނުންވާތަކެތި:

2 ކުއްޅަވައް (ތޮށި މަށައި ކޮށާފައި)

ފެން

ރަހަލާވަރަށް ހަކުރު

ކުދި ކޮށްފައި ހުރި ގަޑުފެން

ތައްޔާރުކުރާނެ ގޮތް:

ކުއްޅަވައް، ފެން، ހަކުރު، އަދިފުނޑުކޮށްފައިހުރި ގަޑުފެން ބްލެންޑަރއަށް އަޅައި މިކްސްކޮށްލާށެވެ. ކުއްޅަވައްފަނީގެ އޮލަމިން ބަހައްޓަން ބޭނުންވާވަރަށް ފެންއަޅައި މިކްސްކުރާށެވެ. ދެން ފިނިކުރުމަށްފަހު ރޯދަވީއްލާގަޑި ނުވަތަ އެހެން ގަޑިތަކުގައިވެސް މިބުއިން ބޯލަން ރަގަޅުވާނެއެވެ.

ޓެގް

ކުއްޅަވައްފަނި ކުއްޅަވައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.