ނާރެސް ރޯދަސުފުރާގައި މިއަދު މިގެނެސްދެނީ ދިވެހިންނަށް ވަރަށް ކަމުދާ ކޭކެއް ކަމުގައިވާ އޮރެންޖް ކޭކް ތައްޔާރުކޮށްލާނެގޮތެވެ. ރޯދަވީއްލާ ގަޑިއަށްވެސް އަދި ތަރާވީސް ދަމަށްވެސް މިއީ ވަރަށް ހިތްގައިމު އައިޓަމަކަށް ވާނެއެވެ.
ބޭނުންވާތަކެތި:
250ގ. ފުށް
250ގ. ހަކުރު
6 ބިސް
2 ސަމުސާ މާޖިރިން
1 ސަމުސާ ބޭކިންގ ޕައުޑަރ
1 ސަމުސާ ހިކިކިރު
2 އޮރެންޖްގެ ތޮށި
1 އޮރެންޖްގެ ދިޔަ
ތައްޔާރުކުރާނެގޮތް:
އޮރެންޖް ތޮށިކޮޅު މިކްސަރުން ހިމުންކޮށް މުގުރާލާށެވެ. ހަކުރު ކޮޅުވެސް ވަކިން މުގުރާލާށެވެ. ދެން މާޖިރިން، އާއި ހަކުރާއި އެއްކޮށް ގިރާލާށެވެ. ދެން އޭގެ ތެރެއަށް ހިކިކިރާއި، ބޭކިން ޕައުޑަރާއި، ފުށާއި، އަދި ބިސް އަޅައި ރަނގަޅަށް ގިރާލާށެވެ. ދެން އޭގެ ތެރެއަށް އޮރެންޖް ދިޔަފޮދާއި، އޮރެންޖް ތޮށިކޮޅުވެސް އަޅައި ރަނގަޅަށް މިކްސަރުން ނުވަތަ އަތުން ގިރާލާށެވެ.
އޭގެ ފަހުގައި ޓްރޭއެއްގައި މާޖިރިން ހޭކުމަށްފަހު އޭގެ ތެރެއަށް ތައްޔާރުކުރި ފުށްގަނޑު އަޅައި އަވަން ދޮންވީމާ އަވަނަށް ލާށެވެ. އަވަން ބަހައްޓާނީ 150 ޑިގްރީގައެވެ. ގާތްގަޑަކަށް 30 ހަކަށް މިނިޓުން ފިހެވޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...