ޚަބަރު ލިސްޓްގައި ނަންއޮންނަންޖެހޭ ސަބަބެއްނޭންގެ، ޚިޔާނާތުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ – އާޒިމް

ލިސްޓްގައި ނަންއޮންނަންޖެހޭ ސަބަބެއްނޭންގެ، ޚިޔާނާތުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ – އާޒިމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޚިޔާނާތުގެ ލިސްޓްގައި އާޒިމްގެ ނަން އޮންނަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެ ޚިޔާނާތުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ކުރިން ތަހުގީގީ އިދާރާތަކުން އާންމުކޮށްފައިވާ ލިސްޓުގައި ނުހިމެނޭ 14 މީހުންގެ ނަމާއެކު، އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ މެންބަރުންގެ އައު ލިސްޓެއް އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (2411 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން ގެންދަނީ އެކަން ބަލަމުންނެވެ. އަދި އެ ލިސްޓުގައި އާޒިމްގެ ނަން ހިމެނޭކަމަށް ދެކެވެމުންދާ ވާހަކައާ ގުޅިގެން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވިކަމަށް އެނޫހުގައި ބުނެފައިވަނީ ކޮމިޓީން ވަގުތީ ގޮތުން ދުރަށްޖެހިލީ އެލިސްޓުގައި ނަން ހިމެނޭކަމަށް އަޑުއިވުނު ހިސާބުން ކަމަށެވެ. އާޒިމް ވިދާޅުވީ، އެ މައްސަލަ ބަލަމުންދަނީ 241 ކޮމިޓީން ކަމަށްވާއިރު، އެ މައްސަލަ ބަލަމުންދާއިރު ކޮމިޓީގައި އިންނެވުން އެއީ ރަނގަޅު ގޮތެއްކަމަށް ދެކިވަޑައިނުގަންވާ ކަމަށެވެ.

އާޒިމް އަކީ 241 ކޮމިޓީގެ ނައިބު މުޤައްރިރެވެ. އަދި އެމްޑީޕީގެ ޕީޖީ ލީޑަރުގެ އިތުރުން، މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ. އެ ހައިސިއްޔަތުން މެމްބަރު އާޒިމް ކޮމިޓީތަކުން ބަދަލުވުމާއި، ގުޅިވަޑައިގަތުމަކީ މަޖިލީހުގެ ޤަވާއިދު ހުއްދަކުރާ ކަމެކެވެ.

އެމްއެމްޕީއާރްސީ ޚިޔާނާތުގައި ބައިވެރިވެވަޑައިނުގަންނަވާކަން ފާހަގަ ކުރައްވައި އާޒިމް އިތުރަށް ވިދާޅުވީ، އެކަމުގައި އޭނާގެ ބައިވެރިވުމެއް ނެތްކަން ޝައްކެއް ވަހުމެއް ނެތް މިންވަރަށް ޔަޤީން ކަމަށެވެ. އަދި ބޭނުންވަނީ ރައްޔިތުންނަށްވެސް އެކަން ޔަޤީންކޮށްދެއްވުމަށްކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އާޒިމް ވިދާޅުވީ، ކޮމިޓީން އެކަހެރިވެވަޑައިގަތް މައިގަނޑު ސަބަބަކީވެސް ރައްޔިތުންނަށް ނަޒާހަތްތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

އާޒިމް ވިދާޅުވީ، އެ މައްސަލަ ކޮމިޓީން ބަލައި ނިމުމުން އަނެއްކާވެސް ކޮމިޓީގެ މަސައްކަތްތަކާ އަލުން ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

އަލީ އާޒިމް ކޮމިޓީން އެކަހެރިވެވަޑައިގަތުމާއެކު، ބަދަލުގައި މަޖިލީހުގެ ނާއިބުރައީސާ އީވާ އަބްދުﷲ 241 ކޮމެޓީއާ ގުޅިވަޑައިގެންނެވުމަށް ވަނީ ނިންމަވާފައެވެ.

ޓެގް

އާޒިމް ބޮޑުޚިޔާނާތް އެމްއެމްޕީއާރުސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.