ރެސިޕީ ނާރެސް ރޯދަސުފުރާ – ކޭކް ފޮޅި

ނާރެސް ރޯދަސުފުރާ – ކޭކް ފޮޅި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނާރެސް ރޯދަ ސުފުރާގައި މިއަދު މިގެނެސްދެނީ ކޭކް ފޮޅި ތައްޔާރުކުރާނެގޮތެވެ. މިއީ ރޯދަމަހުގެ ޚާއްޞަ ކެއުމެކެވެ. ރޯދަވީއްލުމަށްވެސް ނުވަތަ ތަރާވީސްދަމަށްވެސް މިފޮޅި ވަރަށް ކަމުދާނެއެވެ.

ބޭނުންވާ ތަކެތި:

½1 ޖޯޑު ފުށް

1 ޖޯޑު ހަކުރު

1 ސަމްސާ ބޭކިން ޕައުޑާ

2  ސަމުސާ ހިކިކިރު

2 ސަމްސާ މާޖިރިން

1 ބިސް

1 ސ.ސަމްސާ ވެނީލާ އެސެންސް

1 ޖޯޑު ކާށިކިރު

ތައްޔާރުކުރާނެގޮތް:

ފުރަތަމަ ހަރުކޮޅު މިކްސަރުން މުގުރާލުމަށްފަހު އޭގެތެރެއަށް މާޖިރިން، ބިސް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ދެން އޭގެތެރެއަށް ފުށާ، ބޭކިންގ ޕައުޑަރ ، އަދި ހިކިކިރު އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު ދެން އޭގެ ތެރެއަށް ކާށިކިރު ޖޯޑް އަދި އެސެންސް އަޅައި އެއްކޮށްލާށެވެ. ދެން ހުރިހާ އެއްޗެއް އެއްކޮށް ރަނގަޅަށް ގިރާލާށެވެ.

ތަވާގައި ތެޔޮފޮދެއް ހާކާލުމަށްފަހު ކޭކު ފުށްގަނޑުން ފަހަރަކު އުނދުޅިއެއް ނުވަތަ ބޭނުންވަރަކަށް ތަވައަށް އަޅައިގެން ފޮޅީގެ ދެފުށްވެސް ރަނގަޅަށް ފިހެލާށެވެ.

ޓެގް

ކޭކްފޮޅި ރޯދަސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.