ޚަބަރު ބީއެމްއެލް މަނަދޫ ބްރާންޗްގެ ޢިމާރާތުގެ ފުރާޅުން ބޮޑުބައެއް ވަޔާ އެއްލައިލައިފި

ބީއެމްއެލް މަނަދޫ ބްރާންޗްގެ ޢިމާރާތުގެ ފުރާޅުން ބޮޑުބައެއް ވަޔާ އެއްލައިލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަދު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ބާރުވަޔާއެކު އައި ކޮޅިގަނޑެއްގައި ނ.މަނަދޫގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް މަނަދޫ ބްރާންޗްގެ އިމާރާތުގެ ފުރާޅުން ބޮޑުބައެއް ވަޔާ އެއްލައިލައިފިއެވެ.

މިއަދު ހެނދު 8:15 ހާއިރު ހިނގި މިހާދިސާގައި ބޭންކްގެ އިމާރާތުގެ ބޮޑުބަޔަކުން ޓިނުތައް ވަޔާ އުކާލުމާއި ގުޅިގެން ސީލިންގގެ ބޮޑުބައެއް ވަނީ ހަލާކުވެފައެވެ.

އަދި އިމާރާތުގެ ތެރެއަށްވެސް ވަނީ ވަރަށް ބޮޑަށް ވާރޭވެހި ބައެއް ތަކެއްޗަށް ގެއްލުން ލިބިފައެވެ.

މަނަދޫން ވާހަކަ ދެއްކި މީހަކު ނާރެސް އަށް މައުލޫމާތު ދެމުންބުނީ އެހާދިސާގައި ފުރާޅުން ބޮޑުބަޔަކުން ޓިނުތައް އުކާލުމާއެކު ޢިމާރާތުގެ އެތެރެށް ބޯކޯށްވާރޭވެހޭތީ އެ ޢިމާރާތުން ކަރަންޓްވެސް ކަނޑާލައިފާވާކަމުގައެވެ.

އަދިވެސް ކަރަންޓް ނުދޭ، ރައްޔިތުންނާއި، ފުލުހުންނާއި، ބޭންކްގެ މުވައްޒުން އެކުވެގެން މިހާރުވެސް ހަލާކުވިތަންތަން ވަގުތީގޮތުން ރިކަވަރ ކުރުމުގެ މަސައްކަތްކުރަމުންދަނީ، މިހާރުވެސް ބޯކޮށްވާރޭވެހޭތީ މަސައްކަތް ކުރުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައި، އެމީހާ ބުންޏެވެ.

ބޭންކްގެ އިމާރާތުގެ ބޮޑުބަޔަކުން ވަނީ ފުރާޅު އެއްލާލައިފައި / ފޮޓޯ: ނާރެސް

މުޅި ރާއްޖެއަށް ކުރަމުން މިދާ ގަދަ ވިއްސާރައިގައި މަނަދޫގެ އިތުރުން އުތުރުގެ އެހެން ބައެއް ރަށްތަކަށްވެސް ބޮޑެތި ގެއްލުންތައް ވެފައެވެ. ބައެއް ރަށްރަށުގައި ގޭގޭގެ ފުރާޅު އެއްލައިލުމާއި، ގަސްގަސް ވެއްޓުން ފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް 3 ދުވަހުވެސް މޫސުން ގޯސްވާނެކަމަށެވެ.

ޓެގް

މަނަދޫބްރާންޗް ވިއްސާރަ މޫސުން ބީއެމްއެލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.