ޚަބަރު މެސީގެ ބާސާއަށް ފުރުސަތު އެއްކޮށްގެއްލި އެތުލެޓިކޯ ފިޔަވަޅަކާއި ގާތަށް

މެސީގެ ބާސާއަށް ފުރުސަތު އެއްކޮށްގެއްލި އެތުލެޓިކޯ ފިޔަވަޅަކާއި ގާތަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސްޕެނިޝް ލީގުގައި ރޭކުޅެވުނު މެޗުންތަކުން ބާސާގެ އަމިއްލަ ދަނޑުގައި ސެލްޓަ ވިގޯ އަތުން 2 – 1 ން ބަލިވެ މެސީގެ ބާސެލޯނާއަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އެއްކޮށް ގެއްލުނު އިރު ، އެތުލެޓިކޯ މެޑުރިޑު އެންމެ ފަހު ވަގުތު އޮސަސޫނާ އަތުން 2 -1 ން  މޮޅުވެ، ސްޕެނިޝް ލީގުގައި ލީގު ހޯދުމާއި  ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.

ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ ދެން އޮތީ ހަމަ އެންމެ މެޗެކެވެ. މިވަގުތު ޓޭބަލަށް ބަލާއިރު އެތުލެޓިކޯ މެޑުރިޑް ތާވަލުގެ  1 ވަނގައި އޮތީ 37 މެޗުން 83 ޕޮއިންޓާ އެކު އެވެ. 2 ވަނާގައި އޮތީ ރޭ ކުޅެވުނު މެޗުން އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން މޮޅުވި ރެއާލް މެޑްރިޑް އެވެ. ރެއާލަށް 37 މެޗުން ލިބިފައިވަނީ 81 ޕޮއިންޓެވެ. މިހެންކަމާއިއެކު  އެ ޓީމަށް އަދިވެސް ލީގު ހޯދުމުގެ ހަނި ފުރުސަތެއް އެބައޮތެވެ. އެއީ ފަހު މެޗުން އެތުލެޓިކޯގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

ރޭ އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ފަހުހާފުގެ 75 ވަނަ މިނެޓުގައި އޮސަސޫނާގެ އަންޓެ ބުޑިމީއޭ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މެޗު ނިމެއް 8 މިނިޓެއް ވެފައިވަނިކޮށް ފުލްފުލުގައި 2 ގޯލުކާމިޔާބުކޮށް އެތުލެޓިކޯއިން ވަނީ 2014 ވަނަ އަހަރަށްފަހު ލީގުހޯދުމުގެ ބޮޑު ފުރުސަތެއް ތަނަވަސްކޮށްފައެވެ. އެތުލެޓިކޯއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައިވަނީ ރެނަން ލޯޑީ އާއި ބާސާ ދޫކޮށް އެރުލެޓިކޯ މެޑްރިޑަށް ބަދަލުވި ލުއިސް ސުވަރޭޒެވެ.

މިފަހަރުގެ ލީގަށް ބާސާ އަލުވަދާޢުކިޔަން ޖެހުނު ރޭގެ މެޗުގައި ފުރަތަމަ ލިއޮނެލް މެސީގެ ގޯލަކުން ލީޑު ނެގިނަމަވެސް ސެލްޓާގެ ސެންޓި މިނާ ވަނީ 2 ލަނޑު ކާމިޔާބުކޮށް ބާސާގެ ކުޑަކުޑަ އުންމީދުވެސް ފުޑުފުޑު ކޮށްލާފައެވެ.

ޓެގް

ލަލީގާ ބާސާ މެސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.