މާލޭގައި ހުންނަ އެމްއައި ކޮލެޖް ދޮރުހަލާކުކޮށްލައިގެންއެތަނަށް ވަދެ ވަންކަން ކުރި މީހެއެއްގެ ވީޑިއޯ ފުލުހުން ޢާއްމުކޮށްފިއެވެ.
ފުލުހުން ވީޑިއޯ ޢާއްމުކުރުމަށްފަހު ބުނީ އެ ވީޑިއޯއިން ފެންނަ މީހަކީ 2021 މާރިޗް 16 ވަނަ ދުވަހުގެ ވަގުތެއްގައި އެމްއައި ކޮލެޖްގެ ދޮރަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށެވެ.
ވީމާ އެމީހާ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދޭ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 481765 އެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހަކީ ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާ ދުވަސްވަރެކެވެ. ޚާއްޞަކޮށް ގްރޭޓަރ މާލެ އޭރިޔާގައި ކުރާ ވައްކަންތައް ރޯދަމަހު ވަނީ އިތުރުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...