އަހަރެންނަކީ ފަޒާގެ ތެރޭގައި ދިރިއުޅޭ މީހެކެވެ. އަހަރެންނަކީ ވަރަށް މަދުން ފެންނަ ރީތި މީހެކެވެ. އަހަރެން ނަލަ ހެދިފައި ހުންނަ އިރު ތަފާތު ހަތް ކުލައިން ޖަރީވެގެން ހުންނަތަން ފެންނާނެއެވެ. ބައެއް ފަހަރު މިހުރިހާ ކުލަތަކުން ބައެއް ކުލަ ނުފެނިދާނެއެވެ. އަހަރެންނަކީ ކާކުކަން ބުނެބަލަ؟
އާދެ ބިނާކުރަނިވި އަދި އުފެއްދުންތެރި ގޮތުގައި ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުމަށް ފަށާތަޢުލީމުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ތެރޭގައި ބޭނުންކުރާ ތަފާތު އުކުޅުތައް ހުންނާނެއެވެ. އެގޮތުން އަރަތަކީ ވަރަށް މުހިއްމު އަދި ދަރިވަރުންގެ ޝައުޤުވެރިކަން ފިލާވަޅުގެ ތެރެއަށް ވައްދާ ސިކުނޑިތައް ހުޅުވާލުމަށް ބޭނުންކުރެވިދާނެ އެއްޗެއްގެ ގޮތުގައި ގިނަ މުދައްރިސުން ދެކިލައްވައެވެ. އެގޮތުން ދަރިވަރުންގެ ފިލާވަޅުތައް ފެށުމުގެ ކުރިން އެ ފިޅާވަޅަކާއި ގުޅޭގޮތުން އަރަތެއް ތައްޔާރުކޮށް ތަފާތު ނަޒަރަކުން ވިސްނުމަށް ދަރިވަރުންނަށް ފުރުޞަތު ފަހިކޮށްދެވިދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...