ޓެކްނޮލޮޖީ އެންބީއޭ 2K21 އެޕިކް ސްޓޯރުގެ “މެގަ ސޭލުން” ހިލޭ

އެންބީއޭ 2K21 އެޕިކް ސްޓޯރުގެ “މެގަ ސޭލުން” ހިލޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަޝްހޫރު އެންބީއޭ 2K21 ގޭމް، އެޕިކް ސްޓޯރުގެ “މެގަ ސޭލުން” ހިލޭ ލިބޭނެގޮތް ހަދައިފިއެވެ.

މިއީ އެޕިކް ގޭމްސް އިން ކޮންމެ އަހަރަކު ވެސް ކޮންމެވެސް އެއް ގޭމެއް އެމީހުންގެ މެގަ ސޭލުގައި ހިލޭދޫކުރާ އުޞޫލުން ފްރީކުރި ގޭމެކެވެ.

އެ ގޮތުން މިދިޔަ އަހުރު ފްރީކޮށް ދިނީ “ޖީޓީ އޭ 5” އެވެ. މި އަހަރު ހިލޭ ދެނީ “އެންބީއޭ 2K21” އެވެ. މި ގޭމް އެޕިކްގޭމްސް އިން ހިލޭދޭންނިންމީ އެމީހުންގެ އެނުއަލް “މެގަ ސޭލްގައެވެ”. އަދި އެޕިކް ގޭމްސް އިން މި ގޭމް ފްރީ ކުރީ ޕީސީ އަށް އެކަންޏެވެ.

މިގޭމް ހިލޭ ދިނުމަށް އެޕިކް ގޭމްސް އިން ނިންމީ، “އެންބީއޭ 2K21” އަކީ މުޅި ދުނިޔޭގައި ވެސް މިހާރު ބެސްޓް ސެލިންގް ގޭމަށް ވުމާއި އަދި އެޕިކް ގޭމްސް ގެ “ފޭންސް” އެންމެ ގިނައިން ގަނެފައި ވަނީ އެ ގޭމް ކަމަށް ވާތީއެވެ.

“އެންބީއޭ 2K21″ގެ އަސްލު އަގަކީ 27.99 އެމެރިކަން ޑޮލަރެވެ.

އެޕިކް ސްޓޯރ ގައި ހުރި ހުރިހާ ގޭމަކަށް އެމީހުންގެ މެގަސޭލުން %75 ގެ ޑިސްކައުންޓެއް ލިބެއެވެ. އޭގެ ތެރޭގައި ސްޓަރ ވާރސް ގެ އެންމެ ފަހުން  ނިކުތް ގޭމް ކަމަށްވާ ބެޓަލްފްރަންޓް ހިމެނެއެވެ. އަދި ސްކެއަޑްރަންސް މި ގޭމަށް ވެސް %30 ގެ ޑިސްކައުންޓެއް ލިބެއެވެ.

ރީޑް ޑެޑް ޑެމްޕްޝަން 2 ވެސް %33 ގެ ޑިސްކައުންޓެއް ލިބެއެވެ. އަދި އައުޓްރައިޑާރްސް އަށްވެސް %25 ގެ ޑިސްކައުންޓެއް ލިބެއެވެ.

އެޕިކް ގޭމްސްގެ މި “މެގަ ސޭލް” ނިމޭ ދުވަހަކީ 27 މޭ ވާ ބުރާސްފަތި ދުވަހެވެ.

ޓެގް

އެޕިކްގޭމްސް އެންބީއޭ ގޭމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.