ރައްޔިތުންގެ ފުރާނައަށްވުރެ އިސްކަންދޭންޖެހޭ ޚާރިޖީ ގުޅުމެއް އޮވެގެން ނުވާނެކަމުގައި ދީނީހޭލުންތެރިކަން ކުރިއެރުމުގައި ފުޅާދާއިރާއެއްގައި ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ސަލަފް ޖަމިއްޔާގެ މެމްބަރ ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.
މިއަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ވެރިއެއްގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު އެއް ޒިންމާ ކަމުގައި ވީހިނދު، ރައްޔިތުންގެ ފުރާނައަށްވުރެ އިސްކަންދޭންޖެހޭ ޚާރިޖީ ގުޅުމެއް އޮވެގެން ނުވާނެކަމުގައެވެ.
އަލީ ކުރެއްވި މި ޓްވިޓާއި ގުޅިގެން ނާރެސްމީޑިއާގެ ފަރާތުން ވާހަކަ ދައްކާލުމުން އަލީ ވިދާޅުވީ ތިޔަ ޓްވީޓަށް އިތުރު އެއްވެސް ކޮމެންޓެއް ދޭން ބޭނުން ނޫންކަމުގައެވެ.
އެހެންކަމުން އަލީގެ މިޓްވީޓަކީ ވަކިކޮންކަމަކަށް އިޝާރާތް ކުރައްވައި، ވަކި މީހަކަށް ރައްދުވާގޮތަށް ކުރެއްވި ޓްވީޓެއް ކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ.
އެހެންނަމަވެސް އަލީ މިފަދަމޭރުމަކުންޓްވީޓް ކުރައްވާފައިވާއިރު، ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލުން ނެއްޓި، ސިއްހީ ހިދުމަތްތެރިންނަށް ބާރުބޮޑުވުމުގެ އިތުރުން ވެކްސިނަށް ވެސް ޖެހި ބޭރުގެ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ދަނޑިވަޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ އިންތިހާބު އިސްކުރައްވައި އެމެރިކާގައި ހުންނެވުމުން އިދިކޮޅުގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
ކޮވިޑުގެ ހާލަތުގައި ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދައުލަތުގެ އެހީތެރިކަން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ޝާހިދުގެ އެ ކެމްޕޭނަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މި އަހަރުގެ ބަޖެޓުގައި ހިމެނުމުން ވެސް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.
މި އިންތިހާބުގައި ޝާހިދާ ވާދަކުރައްވާނީ އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...