ޚަބަރު މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމަށް ބުނި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމަށް ބުނި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޭސްބުކްގައި ކުރިއަށްދިޔަ ލައިވް އިވެންޓަކަށް ކޮމެންޓެއް ކޮށް މަޖިލިސް އިދާރާ އެއީ ގޮއްވާލަންވީ ތަނެއްކަމަށް ބުނިމީހާގެ ބަމްދަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.

ކޯޓުން އަމުރުކޮށްފައިވަނީ 15 ދުވަހުގެ މުއްދަތުގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރީ ރޭގަ އެވެ.

މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ކޮމެންޓް ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނީ މިދިޔަ މަހު 18 ގަ އެވެ.

ފުލުހުން ވަނީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑިއާ އާއި އަދިވެސް އެކި ގޮތްގޮތުންދޭ އިންޒާރުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.

އިންޒާރާ އެކު މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ވެސް ވަރުގަދަކުރި އެވެ. އެ އިދާރާ އަށް ތްރެޓެއް އޮތް ކަމުގެ މައުލޫމާތު ލިބުމުން އެ އިމާރާތާއި އެ ތަނުގެ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ އެމްއެންޑީއެފުން މަތިކުރި އެވެ.

މަޖިލިހުގެ އިދާރާ ގޮއްވާލާނެ ކަމުގެ އިންޒާރުދިނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ވެސް ދީފައިވަނިކޮށެވެ.

ޓެގް

ޓެރަރިޒަމް އެމްއެންޑީއެފް ޕޮލިސް މަޖްލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.