ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ އަދަދުތައް އެވްރެޖް ގޮތެއްގައި 700 ގައި ފާއިތުވި ދެތިންދުވަހު ހުރުމަށްފަހު މިއަދު ކުޑަކޮށް ދަށަށް ޖެހިލައިފިއެވެ.
އެޗްޕީއޭއިން މިއަދު ޢާއްމުކުރެއްވި ހިސާބުތަކުން ދައްކާގޮތުގައި މިއަދު ރާއްޖެ އިން އަލަށް ޕޮޒިޓިވްވެފައިވަނީ 648 މީހުންނެވެ.
މިއަދު ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 349 މީހުން ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 270 މީހުން، ރިސޯޓްތަކުން 13 މީހުން، އަދި ހަދަމުންދާ ރިސޯޓްތަކުން 16 މީހުން މިއަދު ފައްސިވިއެވެ.
މިއަދަކީ މެއި މަހުގެ 06 ވަނަ ދުވަހަށް ފަހު ރާއްޖެ އިން އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.
ނަމަވެސް މިއަދަކީ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު އާދަޔާއި ހިލާފަށް މަދު ދުވަހެވެ. މިއަދު ޓެސްޓް ކޮށްފައި ވަނީ 3832 މީހުންނެވެ.
މިއަދަކީ މެއި މަހުގެ 19 ވަނަ ދުވަހަށް ފަހު އެންމެ މަދުއަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...