ޚަބަރު ބުދަދުވަހު ހައްޔަރުކުރި ހަރުކަށިފިކުރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ބުދަދުވަހު ހައްޔަރުކުރި ހަރުކަށިފިކުރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔަ ބުދަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެތެރެއިން މާލޭގައި ބުދަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ އެމީހާ ހައްޔަރުކުރީ ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގައެވެ. އިތުރު މައުލޫމާތެއް ފުލުހުން އަދި ނުދެއްވައެވެ.

ބައެއް އޮންލައިން ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންގެ ދަށުން ހަރުކަށިފިކުރު ފަތުރާކަމަށް ޝައްކުކުރޭ މީހުން ގެންދަނީ ހައްޔަރު ކުރައްވަމުންނެވެ.

ޓެގް

ހަރުކަށިފިކުރު ޕޮލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.