ޚަބަރު ކޮވިޑް ޖެހިގެން ވިލިމާލެއިން މިހަކު ނިޔާވެއްޖެ، މިއީ މިއަދުގެ 3 ވަނަ މަރު

ކޮވިޑް ޖެހިގެން ވިލިމާލެއިން މިހަކު ނިޔާވެއްޖެ، މިއީ މިއަދުގެ 3 ވަނަ މަރު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޮވިޑް ބަލިޖެހިގެން ވިލިމާލެއިން މިހަކު ނިޔާވެއްޖެއެވެ. މިއީ މިބަލީގައި މިއަދު ރާއްޖެއިން ނިޔާވި 3 ވަނަ މީހާއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވެފައި ވަނީ ވިލިމާލެ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އޭނާ ނިޔާވެފައި ވަނީ ހަވީރު 4:30 ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަރާ އެކު މިހާރު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 177 އަށް އަރާފައެވެ.

ވިލިންގިލީ ހޮސްޕީޓަލުން ނިޔާވި ކަމަށް ބުނި އަންހެން މީހާއަކީ މިއަދުގެ ތިންވަނަ މަރަށް ވާއިރު، މީގެ ކުރިން އައިޖީއެމްއެޗް އީއާރަށް ވެސް ގެންދިޔަ ސްރީލަންކާގެ 37 އަހަރުގެ ފިރިހެނަކު ވެސް ވަނީ މަރުވެފައެވެ. މީގެ އިތުރުން މިއަދު ހެނދުނު އުމުރުން 77 އަހަރުގެ ފިރިހެނަކު ވެސް ވަނީ މި ބަލީގައި މަރުވެފައެވެ. އެމީހާ މަރުވެފައި ވަނީ ދ. ބަނޑިދޫގައެވެ.

މިއަދު ނިޔާވި ތިން މީހުންނާއެކު މި މަހު ޖުމްލަ 15 މިހަކު މި ބަލީގައި ވަނީ ރިޕޯޓްކޮށްފައެވެ. އަދި މި މަހު އެންމެ ގިނަ މީހުން މިހާތަނަށް ނިޔާވި ކަމަށް ރިޕޯޓު ކުރި ދުވަހަކީ މި މަހުގެ 1 ވަނަ ދުވަހެވެ. އެ ދުވަހު ޖުމްލަ 8 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑް ބަލި ފެނުނުތާ މިހާތަނަށް 453 ދުވަސްވެފައި ވާ އިރު މި ދިޔަ މެއި މަހަކީ ރާއްޖެއިން މި ބަލިގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު 88 މަރު ވަނީ ރިޕޯޓް ކޮށްފައެވެ. އަދި އެންމެ ގިނަ މީހުން ނިޔާވި ދުވަހެއްގެ ގޮތުގައި ރިޕޯޓް ކޮށްފައި ވަނީ މެއި 24 ވަނަ ދުވަހެވެ. އެ ދުވަހު ވަނީ 13 މީހަކު މި ބަލީގައި މަރުވެފައެވެ.

ޓެގް

ކޮވިޑް-19 ނިޔާވުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.