ށ.ފުނަދޫގައި ޖެޓްސްކީއެއް ދުއްވަން އުޅެނިކޮށް ވިއްސައިގެން ގޮސް ދަގަނޑެއްގައި ޖެހި ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ފުނަދޫ ދަށްފަޅުގައި ހުރި ދުއްވި ޖެޓްސްކީއެއް އަނބުރާލި ވަގުތު އެ ޖެޓްސްކީގެ ފަހަތުގައި އިން މީހާ ވިއްސައިގެން ގޮސް އެއްގަމުގައި ޖަހައިފައިހުރި ދަގަނޑެއްގައި ޖެހި ޒަހަމްވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4 ޖަހާއިރު ލިބިފައިވާ ކަމަށެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވީ އެ ޒުވާނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް އޭނާ ނިޔާވެފައިވާ ކަމަށެވެ. އަދި ނިޔާވެފައިވަނީ 22 އަހަރުގެ ޒުވާނެއް ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
މިހާދިސާގައި ނިޔާވެފައިވަނީ ށ.ފުނަދޫ ރޯޒީ ޝަނޫން ޝަރީފް 22، އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...