ޚަބަރު ރާއްޖެއިން ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 590 މީހުން

ރާއްޖެއިން ކޮވިޑަށް މިއަދު ޕޮޒިޓިވްވީ 590 މީހުން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖެ އިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 590 މީހުން ކަމުގައި އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ. މީގެ ތެރެއިން 461 މީހުންނަކީ އިއްޔެ ނަގާފައިވާ ސާމްޕަލްތަކުން ކޮވިޑަށް ޕޮޒިޓިވްވި މީހުންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 389 މީހުން ޕޮޒިޓިވްވެފައި ވަނީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 195 މީހުން އަދި ރިސޯޓްތަކުން ހަމީހުން ވަނީ މިއަދު ޕޮޒިޓިވް ވެފައެވެ.

މިއަދު އިއުލާން ކޮށްފައި ވަނީ 5256 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެން ޕޮޒިޓިވްވި މީހުންގެ ނަތީޖާއެވެ. މިއަދު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ޓެސްޓް ކުރި މީހުންގެ %11 އެވެ. އިއްޔެ ވެސް ޓެސްޓް ކުރި މީހުންގެ %11 ކޮވިޑަށް ޕޮޒިޓިވްވިއެވެ.

ކޮވިޑް ޖެހިފައި 20014 މީހުން ރާއްޖޭގައި މިހާރު އެބަތިއްބެވެ. އޭގެ ތެރެއިން 191 މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއަދަކީ މެއި މަހުގެ 05 ވަނަ ދުވަހަށް ފަހު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އައި މީހުންގެ އަދަދު މިހައި ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ދުވަހެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމުގެ ގޮތުން ރާއްޖޭގައި ހަރުދާނާ ފިޔަވަޅުތަކެއް އަޅާފައިވިޔަސް ކޮވިޑާއި ގުޅިގެން ހިތާމަވެރި ހާދިސާތައްވެސް އަންނަނީ ހިނގަމުންނެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާއަށް ސިއްހީ އިދާރާތަކުންއިހުމާލުވެފައިވާކަމަށް ސާބިތުވެފައިވާއިރު ޢުމުރުން 28 އަހަރުގެ ޒުވާން އަންހެނަކުވެސް ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.