ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 412 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭ ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 5،082 ސާމްޕަލް ކަމަށާއި އޭގެތެރެއިން ޕޮޒިޓިވުވެފައިވަނީ 412 ސާމްޕަލް ކަމަށެވެ.
ކޮވިޑް-19 އަށް މިއަދު އަލަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 239 މީހުން، އަތޮޅުތެރޭ ރައްތަކުން 162 މީހުން، އަދި ރިސޯޓުތަކުން 11 މީހުންނެވެ.
ކޮވިޑް ގައި މިހާތަނަށް ރާއްޖެއިން ނިޔާވެފައިވާ މީހުންގެ ޢަދަދަކީ 185 އެވެ.
ރާއްޖޭގައި ކޮވިޑް ފެތުރުން މަދުކުރުމުގެ ގޮތުން އެންމެފަހުން އެޗްއީއޯސީއިން އެޅި ހަރުދަނާ ފިޔަވަޅަކީ ޒަރޫރީ ބޭނުމަކު ނޫނީ އެއްރަށުން އަނެއްރަށަށް ނުދެވޭގޮތަށް ކަނޑައެޅުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...