ޚަބަރު މުންކަރާތްތައް ނަހީކުރުމުގެ ދައުރު ހަނިވެގެންދާ ބިލާދެކޮޅަށް ދިއްގަރު ކައުންސިލުން ބަޔާނެއް ނެރެފި

މުންކަރާތްތައް ނަހީކުރުމުގެ ދައުރު ހަނިވެގެންދާ ބިލާދެކޮޅަށް ދިއްގަރު ކައުންސިލުން ބަޔާނެއް ނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމްދީނުގެ އެއް އަސާސް ކަމުގައިވާ މުންކަރާތްތައް ނަހީކުރުމުގު ދައުރު ހަނިވެގެންދާނެ ފަދަ ގޮތަކަށް ޑްރާފްޓް ކުރެވިގެން ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙާއި ދެކޮޅަށް މުލަކަތޮޅު ދިއްގަރު ކައުންސިލުންވެސް ބަޔާނެއް ނެރެފިއެވެ.

އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، 25 މެއި 2021 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙު ފާސްކޮށް ތަސްދީޤް ކޮއްފިނަމަ، މި ކުޑަކުޑަ ދިވެހިރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރުމަށް ނުހަނު ބޮޑުދޮރެއް ޤާނޫނީ ގޮތުން ހުޅުވިގެންހިނގައިދާނެ ކަމަށްޓަކާ އެ ކައުންސިލުން ނުހަނު ކަންބޮޑުވާކަމަށެވެ.

އަދި ނަފްރަތުގެ ޢަމަލު ހިންގުން ހުއްޓުވުމުގެ ނަމުގައި ސަރުކާރުން ހުށަހަޅާފައިވާ ބިލްގެ ސަބަބުން އިސްލާމްދީނަށް ފުރައްސާރަކުރާ ފަރާތްތަކާއި ދެކޮޅަށް އަޑުއުފުލުން ޤާނޫނީގޮތުން މަނާވެ، އިސްލާމްދީނާއި ދެކޮޅަށް ބަސްބުނެހެދުމުގެ މިނިވަންކަން ޤާނޫނު މެދުވެރިކޮށް ހޯދައިދެވި ކުށްވެރިވާން ނުޖެހޭ އެތަންބަޔަކު ކުއްވެރިވާނެކަމީވެސް އެ ކައުންސިލުން އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށެވެ.

ބަޔާން ނިންމާލައިފައިވަނީ ސީދާގޮތުންނާއި ނުސީދާގޮތުން އިސްލާމްދީނާއި ޚިލާފްވާހަކަތައް ދެއްކުމުގެ ފުރުޞަތު ފަހިވެގެންދާނެ ފަދަ ޤާނޫނެއް ދިވެހި ރައްޔިތުންގެ މައްޗަށް ހިންގުމަށް ކުރަމުންދާ މަސައްކަތް ހުއްޓައިލުމަށް ގޮވާލަމުންނެވެ.

ޓެގް

ދިއްގަރު ބަޔާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.