ސެކިއުލާރ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާދެކޮޅަށް، ހުރިހާ ދިވެހި ރައްޔިތުން އަޑު އުފުލުމަށް އިސްލާމީ މަރުކަޒުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ގޮވާލައްވައިފިއެވެ. ޝައިޚް މިފަދައިން ގޮވާލައްވާފައިވަނީ ޝައިޚްގެ ފޭސްބުކް ޕޭޖުގައެވެ.
އެކަމާއި ދެކޮޅު ހެދުމަށާއި އެކަން ކުއްވެރިކޮށް އަޑު އުފުލުމަކީ ޤައުމީ އަދި ދީނީ ވާޖިބެއްކަމަށްވެސް ޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވަނީ ވިދާޅުވެފައެވެ.
މި ބިލްގައިވާގޮތުން އިސްލާމް ދީނާއި ޚިލާފު ވާހަކަދައްކާ މީހުންގެ ވާހަކަތައް ދައްކާ ހެދުމަކީ ޤާނޫނީ ކުށެކެވެ. އަދި މިބިލްގެ ސަބަބުން އިސްލާމް ދީނާއި ޚިލާފު ވާހަކަދައްކާ މީހުން ޤާނޫނެއްގެ ދަށުން ހިމާޔަތް ކުރެވި، އެފަދަ މީހުންނަށް އެފަދަ ވާހަކަތައް ދެއްކުމުގެ އިތުރަށް ތަނަވަސް ވެގެންދެއެވެ.
އަދި އިސްލާމް ދީނުގެ އެންމެ މުހިންމު އެއް އަސާސްކަމުގައިވާ މުންކަރާތްތައް ނަހީކުރުމުގެ ދައުރު ވަރަށްބޮޑަށް ހަނިވެގެން ދާނެކަމަށްވެސް ރާއްޖޭގެ ދީނީ ޢިލްމުވެރިން ދަނީ ކެނޑި ނޭޅި ގޮވާލަމުންނެވެ.
މި ބިލާއިދެކޮޅަށް ރާއްޖޭގެ ކައުންސިލުތަކުންވެސް ދަނީ ބަޔާން ނެރެމުންނެވެ. އެގޮތުން މިއަދުގެ މިހާތަށް 15 ކައުންސިލަކުންނާއި 2 ޖަމްޢިއްޔާއަކުންވަނީ މި ބލާއި ދެކޮޅަށް ބަޔާން ނެރިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...