ޚަބަރު ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެ

ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ. ލަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެކަމުގައި މޯލްޑިވް ޓްރާންޕޯޓް ކޮމްޕެނީ ލިމިޓެޑް ( އެމްޓީސީސީ ) އިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ލަންދޫ ބަނަދަރުގެ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 96 ޕަސެންޓް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.

ސަރުކާރުގެ ބަޖެޓުން 35.60 މިލިއަން ދިވެރި ރުފިޔާ ޚަރަދުކުރައްވައިގެން ނ.ލަންދޫގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، 25000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 256 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޓީސީސީއިން ބުނެއެވެ.

އަދި މަގު ބައްތި ހަރުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، 1,280 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންވެސް ވަނީ މިމަޝްރޫޢުގެ ތެރޭގައި ހިމަނުއްވާފައެވެ.

ޓެގް

ލަންދޫބަނދަރު އެމްޓީސީސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.