ކުޅިވަރު މޮޅު ކުޅުން ތަކުރާރުކޮށް ދެވަނަބުރުގެ ފުރަތަމަ ޖާގަ އިޓަލީއަށް

މޮޅު ކުޅުން ތަކުރާރުކޮށް ދެވަނަބުރުގެ ފުރަތަމަ ޖާގަ އިޓަލީއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮލިފިކޭޝަންގައި ކުޅުނު ހުރުހާ މެޗަކުން މޮޅުވެ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ކުރިމަތިލައި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައިވެސް މޮޅު ކުޅުމަކާއިއެކު މޮޅުވެފައިވާ އިޓަލީން ރޭގައި ސްވިޒަލޭންޑްގެ މައްޗަށް 3-0 ގެ ނަތީޖާއަކުން މޮޅުވެ، ޔޫރޯގެ ދެ ވަނަ ބުރުގެ ފުރަތަމަ ޖާގަކަށަވަރު ކުރި ޓީމަކަށް ވެއްޖެއެވެ.

ރޭ ކުޅެވުނު މިމެޗުގެ ފުރަތަމަ ލަނޑު އިޓަލީ ޓީމަށް މެނުއަލް ލޮކަޓެލީ ކާމިޔާބު ކޮށްދިނީ މެޗުގެ 26 ވަނަ މިނެޓްގަ އެވެ. މިއީ ޑޮމިނިކޯ ބެރާޑީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް ގޯލްގެ ތެރެއަށް ވައްދައިލައިފަ ލޮކަޓެލީ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފުރަތަމ މެޗެކޭ އެއްގޮތަށް ރޭގެ މެޗުގައިވެސް ދެ ވަނަ ހާފުގައި އިޓަލީ ކުޅެމުން ގެންދިޔައީ، ގިނަ އިރު އަމިއްލަ ޓީމުގެ އަތުގައި ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅުމުގެ ވިސްނުމެއްގަ އެވެ. އަދި ކައުންޓް އެޓޭކުގައި ސްވިޒަލޭންޑަށް ބާރު ބޮޑުކުރަމުން ގެންދިއުމުގެ ވިސްނުމެއްގައެވެ.

އިޓަލީގެ ދެވަނަ ގޯލަކީ އެޓީމުން ގިނަ ޕާސްތަކެއް އުފައްދައިގެން ތަނަވަސް ކުރި ފުރުސަތަކުން ލޮކަޓެލީ ކާމިޔާބުކޮށްދިން ލަނޑެކެވެ. މެޗުގެ ދެ ވަނަ ހާފުގެ 51 ވަނަ މިނެޓްގައި އޭނާ ކާމިޔާބު ކުރި މިގޯލަކީ  އޭރިއާގެ ބޭރުގައި ހުރެފައި ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅައަކުން ކާމިޔާބުކޮށްދިން ގޯލެކެވެ. އަދި އިޓަލީގެ 3 ވަނަ ގޯލަކީ މެޗުގެ 89 ވަނަ މިނެޓްގައި ޗީރޯ އިމްމޯބިލޭ އޭރިއާގެ ބޭރުން ފޮނުވާލި ބޯޅައަކުން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މުބާރާތުގައި އިޓަލީ ޓީމުން ކުޅުނު ދެމެޗުގައިވެސް އެޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް ރީތި މޮޅުކުޅުމެއް ކަމަށް ގިނަބަޔަކު ފާހަގަކުރެއެވެ.

ޓެގް

ޔޫރޯ2020 އިޓަލީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.