ޚަބަރު އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލުމަށް ފަހު މޫދަށް އެއްލާލާފައި އޮއްވައި ފެނިއްޖެ

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލުމަށް ފަހު މޫދަށް އެއްލާލާފައި އޮއްވައި ފެނިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލުމަށް ފަހު ހުޅުމާލޭ މޫދަށް އެއްލާލާފައި އޮއްވައި ރޭ މެންދަމު ފުލުހުން ހޯދައިފި އެވެ.

މި ކުއްޖާ ރަހީނުކުރި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އާދީއްތަ ދުވަހުކަމަށާއި، މަރާލާފައި އޮއްވައި ފެނުނީ މޫދުންކަމުގައި ފުލުހުންނާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ފުލުހުން ބުނީ މި ކުއްޖާ ފެނުނީ 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްގެން އުޅޭ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ ކުއްޖާ ހޯދަމުން ދަނިކޮށް ކަމަށެވެ. ރޭ މެންދަމުން އަލިވެ 2:30 ހާއިރު ކަމަށެވެ. އެ ކުއްޖާ ކުއްޖާ ފެނުނީ ހުޅުމާލޭ ދެ ވަނަ ފޭސްގައި މީހުން ވަދެ އުޅެވޭ ގޮތަށް އޮންނަ ހިސާބުން ކަރުތާފެނާ ހިސާބު މޫދުންނެވެ. މިހާރު ނޫހުގައި ވެއެވެ.

މި މައްސަލާގައި 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ފުލުހުން ރޭ ހައްޔަރުކޮށްފަވާ ކަމަށް ފުލުން މަޢުލޫމާތު ދެއްވައެވެ.

ހާދިސާއާ ބެހޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ކުއްޖާގެ ހަށިގަނޑު ހޯދީ ރަހީނުކުރި މައްސަލައިގެ ތަހުގީގެ ތެރެއިން ތުހުމަތުކުރެވޭ މީހުން ހޯދުމަށް ފަހުގަ އެވެ.

ޓެގް

ރަހީނުކުރުން މަރު ޕޮލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.