ޓެކްނޮލޮޖީ އެންމެފަހުން ޓެލެގްރާމުންވެސް ގްރޫޕް ވީޑިއޯ ކޯލް ކުރެވޭގޮތް ހަދައިފި

އެންމެފަހުން ޓެލެގްރާމުންވެސް ގްރޫޕް ވީޑިއޯ ކޯލް ކުރެވޭގޮތް ހަދައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔައަހަރު ފަހުކޮޅު ތަޢާރަފް ކުރާނެކަމަށް އިއުލާންކޮށްފައިވާ ޓެލެގްރާމްގެ ގްރޫޕް ވީޑިއޯ ކޯލް އެންމެފަހުން ތަޢާރަފްކޮށްފިއެވެ.

ޓެލެގްރާމުންބުނީ އެ ފީޗާ މިދިޔަ އަހަރުގެ ފަހުކޮޅު ތައާރަފުކުރާން ނިންމި ނަމަވެސް ބައެއް ސަބަބުތަކާ ހެދި އެކަން ލަސްވެފައިވީ ކަމަށެވެ.  

ޓެލެގްރާމްގެ އެންޑްރޮއިޑް، އައިއޯއެސް އަދި ޑެސްކްޓޮޕް ވާޝަންތަކަށް ޖޫން 25 ވަނަ ދުވަހު ތައާރަފްކޮށްފައިވާ އަޕްޑޭޓާއިއެކު މިހާރު ޓެލެގްރާމްގެ ގްރޫޕް ޗެޓްތަކުގައި ވީޑިއޯ ކޯލް ކުރެވޭނެއެވެ. އެގޮތުން މިގްރޫޕްތަކުގައި ހިމެނޭ އޯޑިއޯ ޗެޓްތައް މިހާރު ވީޑިއޯ ކޮންފަރެންސް ކޯލްތަކަށް ބަދަލުކޮށްލެވޭނެއެވެ.

ޓެލެގްރާމްއިން ހާމަކޮށްފައިވާ ގޮތުގައި މިހާރު މި ފީޗާ ބޭނުންކުރެވޭނީ ހަމައެކަނި ވޮއިސްޗެޓްއަށް އެންމެ ފުރަތަމަ ވަންނަ 30 މީހުންނަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މި ފީޗާ އިތުރަށް ފުޅާކޮށް މިއަދަދު އިތުރުކުރެވޭނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އެގޮތުން މި އަދަދު އިތުރުވިގެންދާއިރު ލައިވް އިންވެންޓްތަކާއި އިތުރު އައު ފީޗާތައްވެސް ފެނިގެންދާނެކަމަށް ޓެލެގްރާމްއިން ހާމަކޮށްފައިވެއެވެ.

ޓެލެގްރާމްގެ ވީޑިއޯ ޗެޓް ފީޗާއަކީ މޯބައިލް ފޯނު، ޓެބްލެޓް އަދި ޑެސްކްޓޮޕްތަކުންވެސް ބޭނުންކޮށްލެވޭނެ ފީޗާއެކެވެ. ޓެލެގްރާމްގެ މި އަޕްޑޭޓްގައި ތައާރަފްކޮށްފައިވާ މި ފީޗާއާއިއެކު ނޮއިޒް ސަޕްރެޝަން އާއި ސްކްރީން ޝެއާރިން އަދި އެނިމޭޓެޑް ބެކްގްރައުންޑް އާއި މެސެޖް އެނިމޭޝަންސް ވެސް ވަނީ ތައާރަފްކޮށްފައިއެވެ.

މެސެޖިން އަށް ހާއްސަ ޓެލެގްރާމްގައި ވަން-އޮން-ވަން ވީޑިއޯ ކޯލް ކުރެވޭ ގޮތް ހެދީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 14 ގަ އެވެ. ޓެލެގްރާމް ބޭނުންކުރާ މީހުންގެ އަދަދު މިހާރު 500 މިލިއަނަށް އަރަ އެވެ.

ޓެގް

ޓެލެގްރާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.