ޖުލައި 1 ވަނަ ދުވަހުން ފެށިގެން މާލޭގެ ރައްޔިތުންނަށް ބޮޑަތި ލުއިތަކެއް ދޭން ނިންމައިފިއެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ޖުލައި 1 ވަނަ ދުވަހުން ފެށިގެން ކާފިއު ގަޑިއަކީ ރޭނގަޑު 8 ން ފެށިފެން ފަތިހުގެ 4 ގެ ނިޔަލަށް ކަމަށެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި މާލޭގެ ޢާއްމު ރައްޔިތުން އެއްވެސް ވައްތަރެއްގެ ފާހަކާއި ނުލާ ގެއިން ބޭރަށް ނުކުމެ އުޅެވޭނެކަމަށެވެ.
އަދި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާޢަތުގައި ނަމާދު ކުރުންވެސް ފެށިގެންދާނެކަމަށާއި މީގެ އިތުރުން ކޮވިޑްޖެހި ރަނގަޅުވެފައި ތިބި މީހުންނަށް 60 ދުވަހުގެ ތެރޭގައި ކަރަންޓީނު ނުވެ އެއްރަށުން އަނެއްރަށަށް ދަތުރު ކުރެވޭނެ ކަމަށެވެ.
ކާފިއު ނޫން ގަޑިތަކުގައި ކެފޭ ރެސްޓޯރެންޓުތަކުން ކައިބޮއި ހެދޭނެކަމަށާއި މީގެ އިތުރުން ސައުތު އޭޝިޔާގެ ޓޫރިސްޓުންނަށް ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލާނެކަމަށެވެ. އެހެނަސް، ބޯޑަރު ހުޅުވާލާނީ ރާއްޖޭގެ އެވަގުތުގެ ޙާލަތަށް ބަލާފައި ކަމަށްވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...