މިރޭ ފަތިސްނަމާދުން ފެށިގެން މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރަން ނިންމާ އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެކަމާއިގުޅިގެން ބަޔާނެއް ނެރެފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދުނިޔޭގައި ހަލުވިކަމާ އެކު ފެތު ދެމުންދާ ކޮވިޑް 19 ވައިރަސް (އޯލޯވެލް ކޮރޯށް ވައިރަސް) ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލުމަށްފަހު، ޢާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދައުލަތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދެއްވައި (މާދަމާ) [1 ޖުލައި 2021] ވާ ބުރާސްފަތި ދުވަހުން ފެށިގެން ގިނަ ގަޑިތަކެއްގައި ލޮކްޑައުން، އުވާލެއްވުމަށް ދައުލަތުން ނިންމަވާފައިވާތީ، މިރޭ ފަތިސްނަމާދުން ފެށިގެން ގްރޭޓާރ މާލެ ސަރަޙައްދުގައި ހިމެނޭ ހުރިހާ މިސްކިތްތަކެއްގައި ގައިދުރު ކަމާއެކު ޖަމާޢަތުގައި ނަމާދު ކުރެވޭގޮތަށް ހުޅުވާލާ ވާހަކަ ޢާންމު ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވާކަމަށެވެ.
އަދި މީޙާލަތުގައި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރަށް ފެށިކަމުގައިވިއަސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން މިނިސްޓްރީންނާއި ދައުލަތުން ކނަޑައަޅުއްވާ ކަންތައްތަކަށް ޚާއްޞަ ސަމާލްކަމެއް ދެއްވުމަށް ދަންނަވާކަމުގައި އެ ބަޔާނުގައިވެއެވެ. އެގޮތުން މިސްކިތަށް ވަޑައިގަންނަވާއިދު މާސްކު އެޅުއްވުމަށާއި މުސައްލަ ގެންދެވުމަށާއި ތިމާއާއި ޖެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ގައިދުރު ކަމާއެކު ޖަމާޢަތްތައް ހެދުމަށް ހަނދުމަފުޅުކޮށް އަރުވާކަމަށާއި އަދި ހުރިހާ ޙާލަތެއްގައިވެސް ކަމާ ގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށާއި، މިޙާލަތުން ސަލާމަތްކޮށްދެއްވައި ރައްކާތެރި ކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާކޮށް، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް އުޅުމަށް ނަޞޭޙަތްތެރިވާކަމުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...