ދީން ޖަންނަތައް އެދި ދުޢާކުރުމުގެ މުހިއްމުކަން

ޖަންނަތައް އެދި ދުޢާކުރުމުގެ މުހިއްމުކަން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރެއްވިއެވެ. ” މީހަކު ނަރަކައިގެ ޢަޛާބުން ސަލާމަތްވުމަށް އެދި ހަތްފަހަރު ދަންނަވައިފިއްޔާ، ނަރަކަ ދަންނަވާނެއެވެ. ” އޭ ރައްބެވެ. އިބައިލާހުގެ އެވެނި އަޅެއް އަހުރެންގެ ކިބައިން ރައްކާތެރިކަން އެބައެދެއެވެ. ފަހެ އޭނާ ރައްކާތެރި ކުރައްވާށިއެވެ. ” އަދި އެއްވެސް އަޅަކު ޖަންނަތައް އެދި ހަތްފަހަރު ދަންނަވައިފިއްޔާ ޖަންނަތު ދަންނަވާނެއެވެ. ” އޭ ރައްބެވެ! އިބައިލާހުގެ އެވެނި އަޅެއް، އަހުރެން ދެއްވުމަށް އެދި އެބަ ދަންނަވައެވެ. ފަހެ، އޭނާ ޖަންނަތައް ވައްދަވާހުށިއެވެ.” (އަބޫ ޔަޢްލާ)

(رواه أبو يعلي وقال المنذري رحمه الله: إسناد على شرط البخاري ومسلم – الترغيب: 450/4 – وقال الدميا طي رحمه الله: إسناده على شرط الصحيحين – المتجر: 673 – وقال ابن كثير رحمه الله: علىى شرط مسلم – صفة الجنة لابن كثير: 184)

އަދި އަބޫ ޞާލިޙް ޛަކްވާން ރަސޫލުﷲ ﷺ ގެ ބައެއް އަޞްޙާބުންގެ ކިބައިން ރިވާކުރެއްވިއެވެ. ރަސޫލުﷲ ﷺ މީހަކަށް ޙަދީޘްކުރެއްވިއެވެ. ” ތިބާ ނަމާދުގައި ދަންވަނީ ކީކޭ ހެއްޔެވެ؟” އޭނާ ދެންނެވިއެވެ. ” އަހުރެން ތަޝައްހުދުކޮށްފައި (އައްތަޙިއްޔާތުގައި) ދަންނަވަނީ، اللَّهُمَّ إِنِّي أَسْألُكَ الْجَنَّةَ وَاَعُوذُبِكَ مِنَ النَّارِ (މާނައީ:- އޭ ﷲ އެވެ. މިއަޅާ، އިބައިލާހުގެ ޙަޟްރަތުގައި ޖަންނަތައް އެދި ދަންނަވަމެވެ. އަދި އިބައިލާހުގެ ޙަޟްރަތުން ނަރަކައިން ސަލާމަތްކޮށްދެއްވުމަށް އެދި ދަންނަވަމެވެ.” (އަބޫ ދާވޫދު)

(قال النووي رحمه الله: رواه أبوداود يا سناد صحيح – الأذكار:65 – وقال الحافظ ابن حجر رحمه الله: صحيح – االفتوحات الرباني: 317/1 – وقال البوصري رحمه الله: هذا إسناد صحيح رجاله ثقات – مصباح الزجاجة: 183)

އަހުރެމެން މިފަސޭހަ ދުޢާ ދަސްކޮށް، ޖަންނަތައް އެދި ދަންނަވަންވާނެއެވެ. އެހެނީ، މިދުޢާގައި މާބޮޑަށް ބަރަކާތް އެކުލެވިގެންވެއެވެ. އެއީ ޞަޙާބީއެއް ރަސޫލުﷲ ﷺ ގެ ކުރިފުޅުމަތީގައި ވިދާޅުވެ، އެކަލޭގެފާނު ތަޤްރީރު ކުރެއްވި ދުޢާއެއްކަމުގައި ވާތީއެވެ.

ޓެގް

ޖަންނަތު ސުވަރުގެ ދުޢާކުރުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.