ތިމާމެން ނުރުހޭ ކޮންމެ މީހެއްގެ ގައިގާ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއްގެ ލޭބަލް އެޅުވުމާއި، ނުރުހޭ ކޮންމެ މުއައްސަސާއަކީ ވެސް އެފިކުރަށް ތާއީދުކުރާ ބައެއްކަމަށް ހެދުން ހުއްޓާލަންވެއްޖެ ކަމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ ރޭ ކުރެއްވި އެބޭފުޅާގެ ފޭސްބުކް ޕޯސްޓެއްގައެވެ.
ސެއިޚްގެ އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ، ތިމާމެން ނުރުހޭ ކޮންމެ މީހަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެއްގޮތުގައި ލޭބަލް ކުރުމާއި، ތިމާމެން ނުރުހޭ ކޮންމެ މުއައްސަސާއަކީ ހަރުކަށި ފިކުރަށް ތާއީދު ކުރާ ތަނެއްގެ ގޮތުގައި ލޭބަލް ކުރުން ހުއްޓާލަންވެއްޖެ ކަމަށެވެ.
“ހުރިހާ ކަމެއްގެ ނިވާފަތްގަނޑަކަށް ” ހަރުކަށި ފިކުރު” ގެ ލޭބަލް ޖެހުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް” ސެއިޚް ވިދާޅުވެފައި ވެއެވެ.
ސެއިޚް އިބްރާހީމްމް ރަޝީދު ގެންދަވަނީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމާ މިހާރު ތަޅުމަށް ފޮނުވާފައިވާ، ދިވެހިރާއްޖޭގެ ޤާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރުކުރާ “ނަފުރަތުގެ އަމަލު ބަޔާންކުރާ” ބިލާ ގުޅޭގޮތުން ވެސް ކަންބޮޑުވުން ފާޅުކުރަށްވަމުންނެވެ.
މިގޮތުން އެ ބިލު މަޖިލީހުން ފާސްކުރުމާއި ދެކޮޅަށް ހުރިހާ ރައްޔިތުން ވެސް އަޑު އުފުލަންޖެހޭ ކަމަށް ސެއިޚް ވިދާޅުވެފަވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...