ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމު ތާޢިދު ކުރައްވަނީ ރައްޔިތުންގެ ނިންމެވުމަށްކަމަށް މިހާރު، ޕީ.ޕީ.އެމް ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެބޭފުޅާ ވިދާޅުވީ، ރައީސް ޔާމީން ތާޢީދު ކުރައްވަނީ ރައްޔިތުންގެ ނިންމެވުމަށް ކަމަށާއި އެއީ ރިޔާސީ ނިޒާމަށްކަމަށެވެ. އަދި ރައީސް ޔާމީން ތާޢީދު ކުރައްވާނެ އެއްޗެއް ރައީސް ނަޝީދަށް އެނގިވަޑައި ނުގަންނަވާނެކަމަށާއި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރެވެން ޖެހޭނެ ކަމަށެވެ.
ރޭ “އާސްކްސްޕީކަރ” ގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދުވަނީ ވަރަށްބޮޑަށް ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރައްވަމުންދާކަން ހާމަކުރައްވާފައެވެ. އަދި އެ މަސައްކަތުގައި އެމަނިކުފާނާއިއެކު ރައީސް ޔާމީނުވެސް މަސައްކަތްކުރައްވާނެކަމަށް ނަޝީދުގެ ވާހަކަފުޅުގައި ފާހަގަކުރައްވަމުން ގެންދެވިއެވެ.
ނާރެސް އަށް މަޢުލޫމާތު ލިބޭގޮތުގައި ޢަބްދުއްރަޙީމް ޢަބްދުﷲ މިފަދައިން ޓްވީޓުކުރައްވާފައި މިވަނީ، ރޭ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދުވެސްވަނީ، ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެކަމަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...