ކުޑަކުދިން އާކިން (ކުޑަކުދިންގެ ވާހަކަ 57)

އާކިން (ކުޑަކުދިންގެ ވާހަކަ 57)

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އާކިން އަކީ ވަރަށް ދިރޭތަކެއްޗަށް ލޯބިކުރާ ކުއްޖެކެވެ. އާކިން އަކީ އަދި އެންމެ ހަ އަހަރުގެ ކުއްޖެކެވެ. އެކަމަކު މިހާރު އޭނާއަށް ފަތަން އެނގެއެވެ. އާކިންގެ ބައްޕަ އޭނާ ގޮވައިގެން އެސަހަރުގައި އޮންނަ ކޯރުދޮށަށް ކޮންމެ ހަފްތާއަކު ހޮނިހިރު ދުވަހުދެއެވެ.

އާކިން ބައްޕަ ކޯރުން މަސްހިފަން އުޅޭއިރު އާކިން އުޅެނީ އަސްދޫނިތަކާއި އެކު ކުޅޭށެވެ. އަސްދޫނިތަކާއި އެއްވަރަކަށް އާކިން ފަތަން މަސައްކަތް ކުރެއެވެ. އެއީ ވަރަށް ރީތި ކޯރެކެވެ. އެތަނުގައި ބިޔަގަސްތަކާއި މާގަސްތައް ހައްދާފައި ހުރެއެވެ. ކޯރުތެރޭގައި އުޅޭ މަސްތައް ފެނުމުން އާކިން ހުންނަނީ އުފަލުން މޮޔަވާވަރު ވެފައެވެ. ބައްޕަ މަސްހިފާތީވެސް އާކިން އެކަމާ ދެރަވެއެވެ. ކޯރުގައި މަޖާކުރުމަށްފަހު އިރުއޮއްސެންވާއިރަށް ގެއަށް ދިޔުމަށް އާކިން ތައްޔާރުވެލިއެވެ. އޭރު ބައްޕަ ހުރީ މަސްތައް ކަނޑައި ނިންމައިގެން ދޮވެ ސާފުކޮށް ބާލިއްޖަކަށް އަޅާފައެވެ. އެރޭ އާކިން އާއިލާ ރޭނގަޑު ކެއީ މަސްފިހެގެންނެވެ.

ވާހަކަ ކިޔުމަށްފަހު މަސައްކަތް ފުރިހަމަކޮށްލާ!

  • ރަނގަޅު ޖުމުލަތައް ފާހަގަކޮށް ރަނގަޅު ފާހަގަލާށެވެ!

(ހ) އާކިން އަކީ ހަތް އަހަރުގެ ކުއްޖެކެވެ.

(ށ) އާކިން ބައްޕައާއިއެކު ހޮނިހިރުދުވަހު ކޯރުކައިރިއަށް ދެއެވެ.

(ނ) އާކިން އުޅެނީ ކޯރުގައި އުޅޭ މަސްތަކާއި އެއްވަރަށް ފަތާލެވޭތޯއެވެ.

  • ސުވާލުތަކަށް ޖަވާބު ދެމާ!

(ހ) އާކިން ލޯބިވަނީ ކޮންއެއްޗެއް ދެކެ؟

(ށ) އާކިން ދެރަވެގެން އުޅުނީ ކޮންކަމަކާ؟

(ނ) ތިޔަދަރިވަރަށް އެފަދަ ކޯރެއް ދޮށަށްދެވިއްޖެނަމަ ކުރާނީ ކޮންކަމެއް؟

ޓެގް

ކުޑަކުދިންގެވާހަކަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.