ކޮންކޮއަށް އެންމެ މީރު މޭވާއަކީ މޭބިސްކަދުރެވެ. މަންމައާއި އެކު ކޮއްކޮ ބާޒާރަށް ދިޔަދުވަހެކެވެ. މޭވާތައް ފެނުމުން ކޮއްކޮއަކަށް މަޑުކުން ނުހުރެވުނެވެ. އެތަނުން އަންނާރެއް ބޭނުންވެއްޖެއެވެ. އާފަލާއި އޮރެންޖާއި އަނބުވެސް ގަންނަން ޖެހިއްޖެއެވެ. މަންމަ ބާޒާރަށް ދިޔައީ އަލަނާސިގަނޑަކާއި ދޮންކެޔޮ ކޮޅެއް ގަންނާށެވެ. އެކަމަކު ކޮއްކޮއަށް މޭވާތައް ފެނުމުން ކޮންމެ ވައްތަރަކުން މޭވާއެއް ގަންނަން ޖެހުނެވެ. ފޭރު، ފަޅޯ، ސްޓޯބެރީ، ޗެރީ، ކަދުރު، ކިވީ، ޖުމުހޫރީމޭވާ އަދި ކުންނާރުވެސް ގަނެފިއެވެ. އަދި ފަޅިކޮށްފައި އޮތް ކަރައެއް ފެނުމުން ކޮއްކޮ އޭގެ ރަހަވެސް ބަލަން ބޭނުންވިއެވެ. އެދުވަހަކު ގެއަށްގޮސް މަންމަ ކޮއްކޮއަށް ޖުމުހޫރީމޭވާގައި ފަނި ގިރައިދިނެވެ.
ސުވާލުތަކަށް ޖަވާބުދޭށެވެ!
- ކޮއްކޮއަށް އެންމެ މީރު މޭވާ އަކީ ކޮބާ؟
- މަންމައާއި އެކު ކޮއްކޮ މޭވާ ގަންނަން ދިޔައީ ކޮންތާކަށް؟
- ބާޒާރުން ކޮއްކޮއަށް ފެނުން 3 މޭވާއެއްގެ ނަން ބުނެދީ؟
- ކޮއްކޮ ރަހަ ބަލަން ބޭނުންވީ ކޮން މޭވާއަކުން؟
- މަންމަ ފަނިގިރީ ކޮން މޭވާއަކުން؟
ކޮމެންޓް (0)
ލޯޑް ކުރަމުން...