ﷲ ތަޢާލާ ޙަރާމް ކުރެއްވި ކަންކަމަށް އަރައިނުގަނެ ޢީދުގެ އުފާ ޙާޞިލްކުރުމަށާއި އުފާ ފައުޅުކުރުމަށް މިއަދުގެ ޢީދު ޚުޠުބާގައި ގޮވާލައިފިއެވެ.
ﷲ ތަޢާލާ ނަހީކުރައްވާފައިވާ ކަންކަން ހިމަނައިގެން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް ޢީދު ފާހަގަކުރަމުންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ފިރިހެނުން އަންހެނުން ހެނދުން އެޅުމާއި އަންހެނުން ފިރިހެނުންގެ ހެނދުން އެޅުމުގެ އިތުރުން، މިއުޒިކް ޝޯތައް ބޭއްވުމާއި ބޮޑުބެރުން ޖެހުންފަދަ ކަންކަންވެސް ހިމެނެއެވެ.
މީގެ އިތުރުން ދެ ޖިންސުގެ މީހުން އެއްވެގެން އެކަކު އަނެކަކު ގަޔަށް ކުލަޖެހުމާއި ތަފާތު ކުޅިވަރުތައް ކުޅުން ހިމެނެއެވެ.
ﷲ ތަޢާލާ ޙުރުމަތްތެރިކުރެއްވި މައްސަރެއްގައި އަންނަ މަތިވެރި އަޅުކަމަކާއި ގުޅިގެން އަންނަ ޢީދު އެއިލާހު ތަޢާލާ އަންގަވާފައިވާ ހުދޫދުން ބޭރުވެ ފާހަގަ ކުރުމަކީ މުސްލިމުންނަށްވެތިބެ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ.
މީގެ އިތުރުން ޢީދު ޚުޠުބާގައިވަނީ، މިއަދަކީ ޤުރުބާނީގެ ދުވަސްކަމާއި މިދުވަސް ހަނދާންކޮށްދެނީ އިބްރާހީމް ޢަލައިހިއްސަލާމުގެ މަތިވެރި އިމްތިޙާނުކަން ފާހަގަކޮށްފައެވެ.
އަދި ޢީދު ދުވަހު އުޟުޙިޔާ ކަތިލުމަށާއި އެކުވެރިކަން އާލާކޮށް ޢީދު ތަހުނިޔާ ކިޔުމަށާއި ރުޅިވެރިކަން އެއްފަރާތްކޮށް އެއްބައިވަންތަ ބަޔަކަށްވުމަށްވެސްވަނީ ޢީދު ޚުޠުބާގައި ގޮވާލައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...