ޚަބަރު މިސްކިތް ފަންޑުގައި ފައިސާ ހުންނާނެ – ޑރ. ޝަހީމް

މިސްކިތް ފަންޑުގައި ފައިސާ ހުންނާނެ – ޑރ. ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާލެ ސިޓީގެ މިސްކިތްތައް މަރާމާތު ކުރުމަށް މާލެ ސިޓީކައުންސިލުން ފައިސާ ނެތިގެން އުޅޭކަމުގެ މަޢުލޫމާތު ލިބެމުންދާކަމަށާއި މިސްކިތު ފަންޑުގައި ފައިސާ ހުންނާނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މިސްކިތް ފަންޑުގައި ފައިސާ ހުންނާނެކަމަށާއި އަދި މިސްކިތްފަންޑު ވަޤުފު ބިލްޑިންގ ދާރުލް އީމާނު ކުއްޔަށް އަހަރަކު ލިބޭ އެތައް މިލިއަން ރުފިޔާއަކީ މިސްކިތްތަކުގެ ފައިސާކަމަށްވެސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ޓްވީޓުގައި ފާހަގަ ކުރައްވާފައިވެއެވެ.

ޑރ. ޝަހީމް ވަނީ ދާރުލް އީމާނު ބިލްޑިންގ ކުއްޔަށް ލިބޭ ފައިސާ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ހޯއްދަވައިގެން މިސްކިތްތައް މަރާމާތު ކުރެއްވުމަށް މާލެ ސިޓީ ކައުންސިލަށް ގޮވާލައްވާފައެވެ.

ޓެގް

ޑރ.ޝަހީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.