ޚަބަރު “މިނިވަންކަމުގެ ދިފާއުގައި ދިވެހިން” ނަމުގައި އިދިކޮޅު ކޯލިޝަނުން ވަރުގަދަ ކެމްޕެއިނެއް ފަށައިފި

“މިނިވަންކަމުގެ ދިފާއުގައި ދިވެހިން” ނަމުގައި އިދިކޮޅު ކޯލިޝަނުން ވަރުގަދަ ކެމްޕެއިނެއް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

“މިނިވަން ކަމުގެ ދިފާއުގައި ދިވެހިން” ނަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަރުގަދަ ކެމްޕެއިނެއް ފަށައިފި އެވެ.

އިދިކޮޅު ކޯލިޝަނުން އިންތިޒާމްކުރި ކެމްޕެއިން ރަސްމީކޮށް ފައްޓަވައިދެއްވީ އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މިރޭ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ކެމްޕެއިނަކީ ރައީސް ޔާމީންގެ އިސްނެންގެވުމާއެކު، މިނިވަންކަން ދިފާޢު ކުރުމަށް ފެށި ކެމްޕެއިނެއް ކަމަށް އިދިކޮޅުން ބުނެ އެވެ.

އެ ޕާޓީން މި ފެށި ކެމްޕޭނުގައި ބައިވެރިވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ ލީޑަރުންނަށް ވެސް ޕީޕީއެމް އިން ވަނީ ގޮވާލާފަ އެވެ.

މީގެ އިތުރުން ދިވެހި ހުރިހައި ރައްޔިތުން ވެސް މި ކެމްޕެއިނުގައި ބައިވެރިވުމަށް ވަނީ އެދިފަ އެވެ.

އިދިކޮޅު ކޯލިޝަނުން މިފަދަ ކެމްޕެއިނެއް ފަށައިފައިވާއިރު އެމްޑީޕީގެ އިސްސަފުގައިވަނީ އަރައިރުން އުފެދިފައެވެ. ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން މަސައްކަތްކުރަނީ ރައީސް ސޯލިހުގެ ވެރިކަން ބަލިކަށިކޮށްލުމަށްކަމަށް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ޓެގް

އިދިކޮޅުކޮލިޝަން ޕީޕީއެމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.