ޚަބަރު ކޮވިޑް ފެތުރުން ކޮންޓްރޯލް ކޮށްފައިވާ ޗައިނާގައި އަނެއްކާވެސް ކޮވިޑް ފެތުރެނީ

ކޮވިޑް ފެތުރުން ކޮންޓްރޯލް ކޮށްފައިވާ ޗައިނާގައި އަނެއްކާވެސް ކޮވިޑް ފެތުރެނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޮވިޑް 19 އެންމެ ފުރަތަމަ ފުރަތަމަ ފެތުރެންފެށި ޗައިނާ އަކީ، ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެންމެ ފުރަތަމަ ކާމިޔާބީ ހޯދާފައިވާ ބޮޑަތި ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. ޗައިނާގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކުރެވިފައިވަނިކޮށް އަނެއްކާވެސް ޗައިނާގައި ކޮވިޑް 19 ފެތުރެން ފަށައިފިއެވެ.

ރިޕޯރޓްތައް ބުނާގޮތުގައި މި ފަހަރު ކޮވިޑް 19 ފެތުރެންފެށީ، ރަޝިޔާއިން ޗައިނާއަށް ދަތުރު ކުރި ފްލައިޓެއް ސާފުކުރި މުވައްޒަފުންތަކެއް ކޮވިޑް 19 އަށް ޕޮޒިޓިވް  ވެގެންނެވެ.

ޗައިނާގެ ސިޓީއެއް ކަމަށްވާ ނަންޖިންގައި ފެތުރެން ފެށި ކޮވިޑް އިތުރު ފަސް ޕްރޮވިންސަކަށާއި ވެރިރަށް ބެއިޖިންއާ ހަމައަށް ވާސިލްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޗައިނާގެ މީޑިއާތަކުން ބުނި ގޮތުގައި މިއީ ވޫހާން ސިޓީ އަށް ފަހު އެންމެ ފުޅާކޮށް ކޮވިޑް ފެތުރެން ފެށި ފަހަރެވެ. ނަންޖިން އެއާޕޯޓުން މި މަހު 20 ވަނަ ދުވަހު ފުރަތަމަ ކޮވިޑް ފެނުނު ފަހުން މިހާތަނަށް ވަނީ 200 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފަ އެވެ. ނަންޖިން އެއާޕޯޓުގެ ހުރިހާ ފްލައިޓެއް މިހާރު ވަނީ އޮގަސްޓް 11 އާ ހަމައަށް ސަސްޕެންޑްކޮށްފަ އެވެ.

ކަމާބެހޭ އޮފިޝަލުން މިހާރު ވަނީ ނަންޖިން ސިޓީގައި ވަރަށް ފުޅާ ދާއިރާއެއްގައި ޓެސްޓް ކުރަން ފަށައިފަ އެވެ. ޒިންހުއާ ނިއުސް އެޖެންސީން ބުނީ އެ ސިޓީގެ 9.3 މިލިއަން މީހުން ޓެސްޓް ކުރާނެ ކަމަށެވެ.

އޮފިޝަލުން ލަފާކުރަނީ ނަންޖިންގައި މިހާރު ފެތުރެމުން ދަނީ ޑެލްޓާ ވޭރިއަންޓް ކަމަށެވެ. އަދި އެއާޕޯޓުން ވައިރަސް ފެނުމަކީ ވެސް އަވަހަށް ފެތުރިގަތުމުގެ ސަބަބެއް ކަމަށް ބުނެފައިވެ އެވެ. ކޮމިއުނިސްޓް ޕާޓީގެ ޑިސިޕްލިނަރީ ބޮޑީން ވަނީ އެއާޕޯޓުގައި ސުޕަވިޝަން ދަށް ކަމަށް ބުނެ ފާޑު ކިޔައިފަ އެވެ.

ޓެސްޓްތަކުން އެނގިފައިވާ ގޮތުގައި ވަައިރަސް މިހާރު ވަނީ 13 ސިޓީއަކަށް ފެތުރިފަ އެވެ. އޭގެ ތެރޭގައި ޗެންދޫ އާއި ބެއިޖިން ވެސް ހިމެނެ އެވެ.

ޓެގް

ކޮވިޑް-19 ޗައިނާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.