ޚަބަރު މާލޭ ސިޓީގެ މަގުތަކުގައި ހުރި ހަލާކުވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފަށަނީ

މާލޭ ސިޓީގެ މަގުތަކުގައި ހުރި ހަލާކުވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް ފަށަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މާލޭ ސިޓީގެ މަގުތަކުގައި ނުދުއްވާ ގިނަ ދުވަސްވެ ހަލާކުވެފައިވާ ވެހިކަލްތައް ނެގުމުގެ މަސައްކަތް މާދަމާއިން ފެށިގެން ފުލުހުންނާއި، ގުޅިގެން ކުރަމުންދާނެކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކުރައްވައިފިއެވެ.

މިކަމާގުޅޭގޮތުން ސިޓީ ކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވީ، މާލޭ ސިޓީގެ މަގުމަތީގައި ހިނގާ ބިގާވެއުޅޭ ފަރާތްތަކާއި، ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދު ފަހަރާއި، ހަލާކުވެ، ނުދުއްވާ ހުންނަތާ ގިނަދުވަސްވެފައިވާ އުޅަނދު ފަހަރު ފުލުހުންނާ ގުޅިގެން މިމަހުގެ 2 އިން ފެށިގެން ނަގަމުން ގެންދާނެކަމަށެވެ. އެހެންކަމުން މަގުމަތީގައި މިގޮތަށް ބަހައްޓާފައި ހުރި އެއްގަމު އުޅަނދު ފަހަރު (ވެހިކަލް) ނަންގަވައި މަގުމަތި ސާފުކުރެއްވުމަށް ސިޓީ ކައުންސިލުން ވަނީ އަންގަވާފައެވެ.

މާލޭގެ މަގުތަކުގައި ހުރި ނުދުއްވާ ގިނަ ދުވަސްވެ، ހަލާކުވެފައިވާ އުޅަނދުފަހަރުތައް ނުނަގާނަމަ “އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދު”ގެ 6 ވަނަ ނަމްބަރުގެ ދަށުން ނަގައި ނައްތާލެވޭނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި އެއްގަމު އުޅަނދު ނެގުމުގެ ތެރޭގައާއި ނެގުމަށް ފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް ކައުންސިލުން ޒިންމާ ނުވާނެކަމަށްވެސް އެ ކައުންސިލުން ވިދާޅުވެއެވެ.

މީގެ އިތުރުން ގްރޭޓަރ މާލޭ ސަރަހައްދުގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖު ޗެކް ކުރުމާއި، ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން މާލޭ ސިޓި ކައުންސިލުން ކުރާގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ބަދަލުކުރައްވާފައިވާތީ، މިއަދުން ފެށިގެން މާލެއާއި ހުޅުމާލޭގައި ރަޖިސްޓަރީ ކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަރާޖު ޗެކް ކުރުމާއި، ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރާގޮތަށް ހަމަޖައްސާފައިވާކަންވެސް ސިޓީ ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.

މި ޚިދުމަތައް އެދިވަޑައިގަންނަވާ ފަރާތްތަކުން އެކަމާއި ގުޅޭ ފޯމް އިއްޒުއްދީންމަގު ރާވެރިބޭ ފުޑްކޯޓްތައް ކުރިމަތިގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގް ސެކްޝަންގެ ރިސެޕްޝަން، އަދި ސިޓީ ކައުންސިލްގެ ހުޅުމާލޭ ސެކްޝަން

( އެޗް.ޑީ.ސީ ބިލްޑިންގ 1 ވަނަ ފަންގިފިލާ) އަށް ހުށަހެޅުމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މި ފޯމް ކައުންސިލްގެ ލޭންޑް އެންޑް ބިލްޑިންގް ސެކްޝަނާއި ހުޅުމާލޭ ސެކްޝަންގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް malecity.gov.mv އިން މިއަދުން ފެށިގެން ލިބޭނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ޓެގް

މާލެސިޓީ ސިޓީކައުންސިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.