ޚަބަރު މުވައްޒަފަކު ޕޮޒިޓިވްވުމާއި ގުޅިގެން ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން މެދުކެޑުމަކަށް

މުވައްޒަފަކު ޕޮޒިޓިވްވުމާއި ގުޅިގެން ހިޔާ ފްލެޓް އެއްބަސްވުމުގައި ސޮއިކުރުން މެދުކެޑުމަކަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދިޔަ، އެޗްޑީސީގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، ސޮއިކުރުން ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.

އީދު ބަންދާއި، ޖުލައި ސައްބީސް ބަންދަށްފަހު ހިޔާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެޗްޑީސީން މިއަދު ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، ސޮއިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދިޔަ، އެޗްޑީސީގެ މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން، ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށެވެ.

މުވައްޒަފަކުކު ޕޮޒިޓިވްވުމުން މިއަދު ސޮއިކުރަން ތާވަލް ކުރެވިފައިވާ މީހުން ސޮއިކުރުން ވަގުތީގޮތުން ވަނީ މެދު ކަނޑާލާފައެވެ. އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާނެ ތާރީޚެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި މަޝްވަރާ ކުރުމަށްފަހު އިއުލާންކުރާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.