ޚަބަރު ފުލުހުންގެ މުއައްސަސާއާއި ސިޔާސީ ގޮތުން ކުޅެގެން ނުވާނެ – ޑރ. ޝަހީމް

ފުލުހުންގެ މުއައްސަސާއާއި ސިޔާސީ ގޮތުން ކުޅެގެން ނުވާނެ – ޑރ. ޝަހީމް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފުލުހުންގެ މުއައްސަސާއާ ސިޔާސީ ގޮތުން ކުޅެގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މި ބީދައިން ވިދާޅުވެފައިވަނީ، ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ ލީޑަރޝިޕްގައި ތިއްބެވި ފަރާތްތަކުގެ ގާބިލްކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފޮލިސް ބޯޑުން ފުލުހުންގެ އިސް 7 އޮފިސަރުން ވަކިކުރަން ނިންމުމާ ގުޅިގެންނެވެ. ޕޮލިސް ބޯޑުން މިގޮތަށް ނިންމަވާފައި ވީ ނަމަވެސް އެކަން ތަންފީޒު ކުރަށްވާނީ ޕޮލިސް ކޮމިޝަނަރެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންތަކެއް ވަކިކުރަން ނިންމުމަކީ އިސްލާޙު ނޫން ކަމަށާއި، މިއީ ފުލުހުންގެ މުއައްސަސާއަށް ދެވޭ ވަރަށްބޮޑު ގެއްލުމެއް ކަމަށެވެ.

“ތަނުގައި ތިބި އެންމެ ތަޖުރިބާހުރި ފަރާތްތައް ވަކި ކޮށްލުމަކީ މުއައްސަސާއަށް ދެވޭނެ އެންމެބޮޑު ގެއްލުން.” ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުން ޤާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާ އިސްލާހުކުރުމުގެ މަސައްކަތް ނިންމަން ޖެހެއެވެ. ޑރ. ޝަހީމް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ގޮތުން ކުޅެންޖެހޭ ތަނެއްނޫން ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ މުޢައްސަސާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.

ޓެގް

ޑރ.ޝަހީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.