ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ޞާލިހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ ހަވީރު 4:00 ގައެވެ.
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މަބްރޫކް ވިދާޅުވިގޮތުގައި މިއަދުގެ ބްރީފިން އޮންނާނީ މިހާރު ދީފައިވާ ލުއިތަކާއެކު “ނިއު ނޯމަލް” ގެ މިންގަނޑުތަކަށް ފައްތައިގެންނެވެ. ފާހަގަކުރެވޭގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން މީގެ ކުރީ ދުވަސްތަކުގައި ރައީސް ޞާލިހް ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ އޮންލައިންކޮންނެވެ.
ފާއިތުވި މަސްތަކުގައި ރައީސް ޞާލިޙު ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ އޮންލައިންކޮށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުންތަކެއްގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...