ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދަކީ މިހާރު އެއްވެސް މީހެއްގެ އަންބެއް ނޫންކަމުގައި އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެއްޖެއެވެ.
ދިޔާނާގެ ކައިވެނި ރޫޅިފައިވާ ކަން ހާމަވާފަދަ ގޮތަކަށް ކުރެއްވެވި މި ޓްވީޓަކީ 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ޕްރޮފެސަރު ހަސަން އުގައިލް ވާދަކުރެއްވުމުގެ ކުރިން ރާއްޖެއަށް އެކަށޭނަ ހިދުމަތެއް ކޮށްދެއްވަން ޖެހޭކަމުގައި އޭނާ ވިދާޅުވެ ދެއްކެވި ވާހަކަތަކާ ގުޅިގެން އަބްދުލް ޣަނީ ނަމަކަށް ކިޔާ މީހަކު ކުރި ޓްވިޓަކަށް ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ޓްވީޓޭކެވެ.
ދިޔާނާއަށް ޓެގްކޮށް އެ މީހާ ބުނެފައި ވަނީ މި ރާއްޖޭގައި އުޅޭ ސިޔާސީ މީހުންނާއި ވިޔަފާރިވެރިންގެ ތެރެއިން އެންމެ ގިނަ ވަގުތު “ހަމައިގައި ނުހުންނަ” މީހާގެ އަނބިމީހާ ވިސްނުންވެސް ހުރީ ޕްރޮފެސަރު އުގައިލް އާ ދެކޮޅަށް ކަމަށެވެ.
އެމީހާގެ މިވާހަތަކާއި ގުޅިގެން ދިޔާނާ ވިދާޅުފައި ވަނީ އެ ބަސް އޭނާއަށް ރައްދު ނުކުރެވޭނެ ކަމަށެވެ. މިމޭރުމުން ދިޔާނާ ވިދަޅުވުމުން އެނގެނީ އޭނާއާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާ ކައިވެނީގެ ގޮތުން މިހާރު އެއްވެސް ގުޅުމެއް ނެތްކަމަށެވެ.
ޑީއާރުޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި ދިޔާނާ ކައިވެނިކުރައްވާފައި ވަނީ ނޮވެންބަރު 25، 2005 ވަނަ ދުވަހުގައެވެ. ދިޔާނާ އާއި ޖާބިރުގެ އެ ގުޅުން ކެނޑިފައި ވަނީ ކޮންދުވަހަކު ކަމެއް ނޭނގެއެވެ. އެހެންނަމަވެސް ޖާބިރު ވަނީ މީގެ ކުރިން އެތަށްފަހަރަކު ދިޔާނާ ނެތް ދުނިޔެއެއްގައި ނޫޅުއްވާނެ ކަމަށް ވިދާޅުވެ ދިޔާނާއަށް އެތަށް ތައުރީފެއް ކުރައްވާފައެވެ.
ޖާބިރުއާއި ދިޔާނާއާއި މިހާރު އެއްވެސް ގުޅުމެއް ނެތްކަމަށް ދިޔާނާ ވިދާޅުވެފައި ވާއިރު، ޖާބިރު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. މިފަހަކަށް އައިސް ޖާބިރުގެ ފަރާތުން ފެންނަމުންދާ ކަންކަމަކީ ގިނަރައްޔިތުންގެ ކުރިމަތީގައި ވަރަށް ދަށު ދަރަޖައިގެ ޢަމަލުތަކެކެވެ. އެހެންކަމުން އޭނާއަށް ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...