ރާއްޖޭގެ މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ޕީ.އެޗް.ޑީ ޙާޞިލް ކުރައްވައިފިއެވެ.
މިއަދުގެ ވަގުތެއްގައި ޕީ.އެޗް.ޑީ އިން ފާސްވެ ވަޑައިގެންނެވިކަން، ޝައިޚް ޢަލީ ޒާހިރުވަނީ ޓްވީޓު ކުރައްވާފައެވެ. އަދި ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުންވެސްވަނީ ޝައިޚް ޢަލީ ޒާހިރު ޕީ.އެޗް.ޑީ ޙާޞިލްކުރެއްވުމާއިގުޅިގެން ޝައިޚްއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ޝައިޚް ޢަލީ ޒާހިރު ޕީ.އެޗް.ޑީ ޙާޞިލްކުރައްވާފައިވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން އިސްލާމިކް ފައިނޭންސްގެ ދާއިރާއިންނެވެ.
ޝައިޚް ޒާހިރު ވިދާޅުވީ ޕީ.އެޗް.ޑީ ޙާޞިލްކުރެއްވުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިވަޑައިގެންނެވި ކަމަށާއި އެ އެންމެ ބޭފުޅުންނަށް ޚާއްޞަކޮށް ޢާއިލާގެ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ނާރެސް ޓީމުގެ ފަރާތުންވެސް ޝައިޚް ޢަލީ ޒާހިރު ސަޢީދު ޤާސިމް އަށް މިކަމުގެ އުފަލުގައި ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ. ﷲ ތަޢާލާ ޝައިޚްގެ ޢިލްމުގައި ބަރަކާތްލައްވާ ޙައްޤު ބަޔާންކޮށްދިނުމުގައި ޘާބިތުވެ ހުންނެވުމުގެ ހެޔޮތައުފީޤު ދެއްވާށި. އާމީން
ކޮމެންޓް (0)
ލޯޑް ކުރަމުން...