ރައްޔިތުންގެ މަޖިލީހުގެ ރައީސް , ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިޔަށްދާ ގޮތް ބެލުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އިނގިރޭސިވިލާތުގެ ގާނޫނީ ވަކީލަކު އައްޔަން ކުރައްވައިފި އެވެ.
މަޖިލީހުން މިއަދު ބުނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ހަމަޖެއްސެވީ ޑަފްޓީ ސްޓްރީޓް ޗެމްބާސް ލަންޑަންގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ، ގާނޫނީ ވަކީލު ކްރިސްޓީ ބްރައިމްލޯ ކަމަށެވެ.
މަޖިލީހުން ބުނީ ތަހުގީގާ ގުޅޭ ގޮތުން އޭނާ ކުރައްވާނެ މަަސައްކަތަކީ، ތަހުގީގަށް ހެކި އެއްކުރުމާއި ރާއްޖެ އާއި ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ތަހުގީގު ކުރިއަށް ގެންދިއުމަށް އެހީތެރިވުމެވެެ. ގާނޫނު ތަންފީޒުކުރާ ރާއްޖޭގެ އިދާރާތަކާއި ބައިނަލްއަގުވާމީ އިދާރާތަކަށް ވެސް އޭނާގެ އެކްޕަޓީސް ފޯރުކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.
އިތުރަށް ބުނީ “މަޖިލީހުގެ ރައީސާއި ރާއްޖޭގެ ޑިމޮކްރަސީ ވެސް މަރާލަން” ދިން ހަމަލާ ރާވައި ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ. މި ވަކީލަށް ހަރަދު ކުރައްވަން ހަމަޖެހިފައިވަނީ ނަޝީދު އަމިއްލަފުޅަށެވެ.
ކާސްޓީ ބްރިމިލޯ އަކީ ލަންޑަންނުގެ ޑައުޓީ ސްޓްރީޓް ޗެމްބާސްގެ މެމްބަރެކެވެ. ޑައުޓީ ސްޓްރީ ޗެމްޕާސްގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން އޭނާއަކީ ވަރަށް ކުޅަދާނަ ވަކީލެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...