ޚަބަރު އަލަށް އެކުލަވައިލި ހެއްކާބެހޭ ބިލް ރައީސް އޮފީހަށް ފޮނުވައިފި

އަލަށް އެކުލަވައިލި ހެއްކާބެހޭ ބިލް ރައީސް އޮފީހަށް ފޮނުވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިހާރު ޢަމަލުކުރަމުން ގެންދާ ހެއްކާބެހޭ ޤާނޫނުގެ ބަދަލުގައި، ހެކީގެ އުސޫލުތައް ބަޔާންކުރާ ތަފްޞީލީ އަދި ޒަމާނީ ޤާނޫނީ އޮނިގަނޑެއް މައްޗަށް އެކުލެވިގެން ޑްރާފްޓް ކުރެވުނު ހެއްކާބެހޭ ބިލެއް ބަންޑާރަ ނާއިބު ރަައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ހެއްކާބެހޭ ބިލެއް ހުށަހެޅާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންޞާފުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ބޭނުންވާ މައިގަނޑު އެއް އަސާސް ކަމުގައިވާ ހެކީގެ އުސޫލުތައް ބަޔާންކުރާ ތަފްޞީލީ އަދި ޒަމާނީ ޤާނޫނީ އޮނިގަނޑެއް ތަޢާރުފުކުރުމަށްކަމަށެވެ.

އެގޮތުން ބިލުގައިހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި، ހެކި ހުށަހެޅުމާއި، ބަލައިގަތުމާއި، ވަޒަންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، އެނޫންވެސް ހެއްކާބެހޭ ޢާންމު އުސޫލުތަކާއި މިންގަނޑުތައް ހިމަނާފައި ވެއެވެ.

ހެއްކާބެހޭ ޤާނޫނުގެ ބިލް ޑްރާފްޓުގައި ހެކިބަސް ނަގާނެގޮތް ހިމަނާފައިވާއިރު، ޖިނާއީ އިޖްރާއަތުގެ ޤާނޫނުގައި ވާގޮތުން ހެއްކާބެހޭ ޤާނޫނުގައި ވާގޮތަށް، ސިއްރު ހެކިބަސް ނެގުމުގެ އިޚުތިޔާރު ފަނޑިޔާރުންނަށް ލިބިގެންވެއެވެ. އެ ޤާނޫނުގައި ބުނެފައިވަނީ ސިއްރު ހެކިބަސް ނެގޭނީ ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށްކަމަށެެވެ.

ބިލުގައި ހެކީގެ ބާވަތްތައް ވެސް ކަނޑައަޅާފައިވެއެވެ. އެއީ ޝަފަހީ ހެއްކާއި ކިތާބީ ހެކި އަދި މާއްދީ ހެއްކެވެ. ޝަފަހީ ހެއްކަކީ ހެކިބަސް ދޭ މީހާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ހުރެ، އެ މަޖިލީހުގައި އަނގަބަހުން ދޭ ބަޔާނެވެ. އަދި ކިތާބީ ހެއްކަކީ ގާނޫނު ގަބޫލުކުރާ ހެކި ކަމުގައި ކަނޑައަޅާފައިވާ ވަކި ވާގިއާއެއް ވުޖޫދުގައި އޮތްކަން ހެކިކޮށްދޭ ލިޔުމެވެ.

މީގެ 45 އަހަރު ކުރިއްސުރެ ޢަމަލު ކުރަމުން އަންނަ، މިހާރުއޮތް ހެއްކާބެހޭ ޤާނޫނަކީ 7 މާއްދާގެ މައްޗަށް އެކުލެވޭ ޤާނޫނެކެވެ. ތޭވީސް ސެޕްޓެންބަރު 1976ގައި ވުޖޫދަށް އައިސްފައިވާ އެ ޤާނޫނަށް އެއްވެސް އިސްލާހެއް މިއަދާހަމައަށް ގެނެސްފައެއްނުވެއެވެ.

ޓެގް

ހެއްކާބެހޭބިލް ޕީޖީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.