ޚަބަރު ގާނޫނު އަސާސީގައި އޮންނާނެ ކަންކުރަންވީގޮތް، ޕެޓިޝަން ހަދާކަށް ނުޖެހޭނެ – މޫސަ

ގާނޫނު އަސާސީގައި އޮންނާނެ ކަންކުރަންވީގޮތް، ޕެޓިޝަން ހަދާކަށް ނުޖެހޭނެ – މޫސަ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ބަރުލަމާނީ ނިޒާމް ގެންނަން، ކޮންމެހެން ޕެޓިޝަން ހަދާކަށް ނުޖެހޭނެކަމަށާއި، ޤާނޫނު އަސާސީގައި ކަންކަން ކުރަންވީ ގޮތް އޮންނާނެ ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ މި ޕެޓިޝަނަކީ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން، އަދުގެ ސަރުކާރުންވީ ވައުދާއެއްގޮތަށް އެކަން އަވަހަށް ފެށުމަށް ބާރު އެޅުމުގެ ގޮތުން ހުށައަޅާ ޕެޓިޝަނެއް ކަމަށް އިންތިޒާމްކުރަމުންދާ ފަރާތްތަކުން ބުނަމުން ދާއިރު ޕެޓިޝަނާއި ގުޅިގެން މޫސަ ވިދާޅުވީ “ޤާނޫނު އަސާސީގަ އޮންނާނެކަންކުރަންވީގޮތް، ތިއޮތީ  ސުޕަމެޖޯރިޓީލިބިފަ  ސަރުކާރުތެރެއަށް އަތްބާނަންބޭނުމިއްޔާ  ޕެޓިޝަން  ނުހައްދަވާ  މަޖްލިސްތެރޭން  ނިމެންއޮތްކަމެއް ” މޫސަ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މިހެންނެވެ.

އަދި މޫސާ ކުރެއްވި އެހެންޓްވީޓެއްގައި ވިދާޅުވީ އެ ޕެޓިޝަނަކީ ގައުމީމަޖްލީހުގެ  ވޯޓު ވަކަރަށް  ޖަހަން  ކުރާ ކަމެއް ކަމަށެވެ.

މިޕެޓިޝަންގައި ގިނަ ބަޔަކު ސޮއި ނުކުރިޔަސް، ނިމޭއިރު މީގައި އާބާދީގެ ބޮޑު އިންސައްތައެއް ސޮއިކޮށްފައިވާނެކަމަށެވެ. އެއީ މިފަދް ކަންކަން ހިނގާ ގޮތްކަމަށް މޫސަ ވިދާޅުވިއެވެ. މި ޕެޓިޝަންގެ އަމާޒަކީ ބަރުލަމާނީ ނިޒާމު ނޫންކަމަށާއި، މިއީ ޤައުމީ މަޖިލީހުގެ ވޯޓު ހޯދުމަށްޓަކައި ވަކި ގޮތަކަށް ކުރެވޭ ކަމެއްކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އައު ދައުރަށް ކުރިމަތިލއްވި ހުރިހާ ކެނޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާޢީދުކުރާ ހުރިހާ ކެނޑިޑޭޓުންނަށް ތާޢީދުކުރައްވާނެކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުކުރުމަށް ގޮވާލާ ޕެޓީޝަންގައި ގިނަ ބަޔަކު ސޮއިކުރުމަށް އިޝާރަތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އައު ދަުރަށް އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ބަރުލަމާނީ ނިޒާމަށް ތާޢީދުކުރާ ހުރިހާ ކެނޑިޑޭޓުންނަށް އެމަނިކުފާނު ތާޢީދުކުރައްވަން ނިންމާފައިވާކަމަށެވެ.

މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހަށްވެސް ހުށައަޅާނެ ކަމަށް މިކަން އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ. ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ވިދާޅުވެފައެވެ. 2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.

ޓެގް

ރީކޯމޫސަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.