ޚަބަރު ލޮނުމަހުގެ ނަމުގައި އޮޅުވާލައިގެން މިޔަރު އުރަހަތަކެއް ބޭރުންކުރަން އުޅެނިކޮށް އަތުލައިގެންފި

ލޮނުމަހުގެ ނަމުގައި އޮޅުވާލައިގެން މިޔަރު އުރަހަތަކެއް ބޭރުންކުރަން އުޅެނިކޮށް އަތުލައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލޮނުމުގެ ނަމުގައި އޮޅުވާލައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަތަކެއް އަތުލައިގެންފިއެވެ. ކަސްޓަމްސްއާއި އެއަރޕޯޓް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އަތުލައިގެންފައިވާ މިޔަރު އުރަހަތައް ބޭރުކުރަން މަސައްކަތްކޮށްފައިވަނީ ލޮނު މަހުގެ ގޮތުގައި، ފޮށިގަނޑުތަކެއްގައި ބަންދުކޮށްގެންނެވެ. އެގޮތުން 14 ފޮށިގަނޑެއްގަ 243ކިލޯގެ މިޔަރު އުރަހަ، ވައިގެ މަގުން ފޮނުވާލަން މަސައްކަތްކޮށްފައިވެއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި ފޮނުވާލަން މަސައްކަތްކޮށްފައިވަނީ، ލޮނުމަހުގެ ގޮތުގަ ލިޔެކިޔުންތައް ތައްޔާރުކޮށްގެންކަމަށެވެ. މިކަމާއި ގުޅޭ ތަހުގީގެއް ކަސްޓަމްސްއިން މިހާރުވަނީ ފަށާފައެވެ.

މިއަހަރުގެ ޖެނުއަރީ މަހުވެސް، 400އަށްވުރެ ގިނަ ކިލޯގެ މިޔަރު އުރަހަ ރާއްޖެއިން ވަގަށް ބޭރުކުރަން އުޅުނިކޮށް ކަސްޓަމްސްއިންވަނީ އަތުލައިގެންފައެވެ. މި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށައަޅާފައިވެއެވެ.

މިޔަރުގެ ބާވަތްތައް ހިފާ، އޭގެ ނަހަމަ ވިޔަފާރި ކުރުމަކީ ޤާނޫނުން މަނާކޮށްފައިވާ ކަމެކެވެ. މިޔަރުގެ ބާވަތްތައް ހިފުން ރާއްޖޭގައި މުޅިން މަނާކޮށްފައިވަނީ 2010ވަނަ އަހަރުއެވެ. މިޔަރު ހިފުން މަނާކުރީ އޭގެ ސަބަބުން ފަތުރުވެރިކަމާއި އިޤްޞާދަށް ކުރާ އަސަރު ކުޑަކުރުމަށެވެ. މިޔަރު އުޅޭ މާޙައުލު ބަލަން ދިއުމަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ކަމެކެވެ.

ޓެގް

މިޔަރުއުރަހަ ކަސްޓަމްސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.