ޚަބަރު މުންޑޫއާއި މިލަންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި

މުންޑޫއާއި މިލަންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވެގެން ލ. މުންޑުއާއި ށ. މިލަންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މުންޑޫ ކައުންސިލުން ބުނީ، މިމަހުގެ 25ގައި އެރަށުން ނެގި ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން އެރަށް މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރުމަށެވެ.

މިލަންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ އަލާމާތްތައް ހުރެގެން ސާމްޕަލް ނެގި ބަޔަކު ޕޮޒިޓިވް ވުމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ޕޮޒިޓިވްވެފައި ވަނީ ތިން ކުދިންގެ އިތުރުން މީހެކެވެ.

އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ.

މުންޑުއާއި މިލަންދޫ ހިމެނޭ ގޮތަށް މިވަގުތު ރާއްޖޭގެ 15 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

ޓެގް

މުންޑޫ މިލަންދޫ ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.