ކުރީގެ ރައީސް ޔާމީންގެ ޝަރީޢަތުގެ ހުކުމާއި ގުޅޭގޮތުން ލީކްވެގެން އުޅޭ ވީޑިއޯ ތަކުގެ މައްސަލައިގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް ހިމެނޭގޮތުން ޕީޕީއެމްގެ އިސްބޭފުޅުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛް ޢަލީ ޒާހިރު އާއި، ބައްދަލުކުރި ކުރުމުގައި ޢަލީ ޒާހިރު ދެއްކެވި ހިތްވަރަށް މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޑރ.މުޙައްމަދު އިޔާޒް ޢަބުދުއްލަތީފް ސާބަސް ވިދާޅުވެއްޖެއެވެ.
މިރޭ ޑރ.އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ކުދިންކޮޅު ކުރިމަތީގައި އަލީޒާހިރު އެކަނިމާއެކަނި ދެއްކެވި ހިތްވަރަށް އައްސަރި ބަހާއި ތަހުނިޔާ ދަންނަވާ ކަމުގައެވެ.
ޕީޕީއެމްގެ ކުދިންކޮޅު ކުރިމަތީގައި އަލީ ޒާހިރު އެކަނިމާއެކަނި ދެއްކެވި ހިތްވަރަށް އައްސަރި ބަހާއި ތަހުނިޔާ ދަންނަވަން.
ޑރ.އިޔާޒް
ޑރ.އިޔާޒް މިމޭރުމުން ޓްވީޓްކުރެއްވިއިރު އިއްޔެގެ ބައްދަލުވުމަށްފަހު ޕީޕީއެމް ނައިބް ލީޑަރ ނައިފަރުދާއިރާގެ މަޖްލިސް މެމްބަރު އަޙްމަދު ޝިޔާމް ވަނީ އަލީ ޒާހިރަށް ނުރްކާތެރި އިންޒާރުތަކެއް ދީފައިކަމަށްބުނެ ސޯޝަލްމީޑިއާގައި އަޑުފެތުރިފައެވެ.
އެގޮތުން މި ދެއަހަރު ނިންމާފަ ވެރިކަމާ ޕީޕީއެމް ހަވާލުވެ ޖަލުގެ ކުޑަގޮޅިއަށް އަލީ ޒާހިރު އަދި ރައީސް ސޯލިހް ލާނެކަމަށާއި، އަދި ރައީސް ޔާމީންގެ މައްސަލައިގެ އޯޑިއޯތައް ހަދަހަދައިގެން ލީކްކުރާނެކަމަށްބުނެ އިންޒާރު ދިންކަމަށް ވަނީ އަޑު ފެތުރިފައެވެ.
އަނެއްކޮޅުން ޑރ.އިޔާޒް ކުރެއްވި އެހެންޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ, ނުފޫޒުތަކުން އެއްކިބާވެގެން ތިބެންޖެހޭ ބައެއް ކަމަށާއި ފަނޑިޔާރަކު އަމިއްލައަށް ތިމަންނާ މިވެނި މައްސަލައެއް (މިވެނި ގޮތަކަށް) ނިންމީ ބައަކު މީހުންގެ ނުފޫޒުންކަމަށް ބުނާ ހިސާބުން (އެފަނޑިޔާރުން) މަގާމުން ޢަޒުލް ކުރަން ޖެހޭނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...