ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ސިވިލްސަރވަންޓުންގެ މުސާރަވެސް މިރޭ ޖަމާކޮށް ނިމޭނެކަމުގައި ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.
ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައިނުވާތީ، އެކަމުގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް މިރޭ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ޖަމާކޮށް ނިމޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވަނީ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.
ފިނޭންސުން ވިދާޅުވީ މި މަހުގެ މުސާރަ ލަސްވެެގެން ދިޔައީ ސިސްޓަމަށް މުވައްޒަފުންގެ މައުލޫމާތު އެޅުމުގައި ދިމާވެގެންދިޔަ ދަތިކަމެއްގެ ސަބަބުން ކަމަށެވެ.
“މި ހުރިހާ ދުވަހުވެސް އަތޮޅުތެރޭގެ މުވައްޒަފުންގެ މުސާރަތައް އެކްސެލް ޝީޓުގައި އެ ފަރާތްތަކުން ފޮނުވަނީ. މި މަހުން ފެށިގެން މިނިސްޓްރީއިން ނިންމީ ސިސްޓަމެއްގެ ތެރެއިން އެކަންކަން ކުރިޔަށް ގެންދަން. ދެން މުސާރަތައް ލަސްވެގެން ދިޔައީ އެ ސިސްޓަމަށް މުވައްޒަފުންގެ މައުލޫމާތު އެޅުމުގައި ދިމާވި ލަސްކަމެއްގެ ސަބަބުން” އޮފިޝަލް ވިދާޅުވިކަމަށް ދުވަހު ނޫސް ވަގުތު އޮންލައިންގައި ބުނެފައިވެއެވެ.
މިރޭ އިރު އޮއްސުނުފަހުން ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާވެފައިވާކަން ނާރެސްއަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...