ހދ.ކުޅުދުއްފުށިން ފުރައިގެން ށ.ފީވަކަށް 3 މީހުންނާއެކު ދަތުރުކުރަމުންދިޔަ ކުޑަ ދޯންޏެއް ފީވަކު ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ބަންޑުން ޖަހަލާފިއެވެ.
މި ދޯނި ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:30 ހާއިރުގައިކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ހިސާބުތަކަށް އަންނަނީ ގަދަވަޔައެކު ވިއްސާރަކުރަމުންނެވެ. އަދި ވިއްސާރަވެ ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ އެކި ހާދިސާތައް އަންނަނީ ހިންގަމުންނެވެ.
މިގޮތުން މިއަދުވެސް ކަނޑުމަތީގެ އެކި ހާދިސާތައް ހިނގާފައިވާއިރު އެއްގަމުގައި މަސްބާނަށް ހުރި މީހަކުވެސް މޫދަށް ވެއްޓި ވަނީ ނިޔާވެފައެވެ. އަދި ބޯޓެއްގައި ދަތުރުކުރަމުންދިޔަ މީހަކުވެސް ވަނީ ކާށިދޫ ކަނޑަށް ވެއްޓިފައެވެ.
ކަނޑުތައް ގަދަވެ ޚާއްސަކޮށް ވައި ގަދަވުމުގެ ސަބަބުން ކަމާ ގުޅޭ ފަރާތްތަކުން އަންނަނީ މޫސުމަށް ސަމާލުވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.
އެހެންކަމުން ކޮންމެ ހެން ކުރަންޖެހޭ ދަތުރުތައް ނޫން އެހެން ދަތުރުތައް މިދުވަސްކޮޅު ހުއްޓަލުން މުހިއްމެވެ. އަދި ދަތުރުކުރާއިރުވެސް ތިމާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ލައިފްޖެކެޓް އަޅައިގެން ދަތުރުކުރުން މުހިއްމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...